[HEADER BANNER]
[AD]

މައިކަޕް ފުޓުބޯޅަ މުބާރާތް ޝަރަފުވެރިކޮށްދެއްވުމަށް މިނިސްޓަރ ސަޢީދު އިހަވަންދޫއަށް

9 ޑިސެމްބަރު 2016 0

10 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތް ޝަރަފުވެރިކޮށްދެއްވުމަށްޓަކައި އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިރޭ 6:50 ގައި އިހަވަންދޫއަށް ވަޑައިގެންފިއެވެ.

އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި އެބޭފުޅާގެ އަރިހުގައި ވަޑައިގެންނެވި ޓީމަށް އިހަވަންދޫއިން  މަރުހަބާ ދެންނެވުމަށްޓަކައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް މުހައްމަދު ޢަބުދުﷲ އާއި އިހަވަންދޫ ކައުންސިލްގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.

އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިރޭ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލައްވާއިރު، އެބޭފުޅާއާއި މަޖިލީހުގެ އިތުރު މެމްބަރުންގެ ޓީމެއް މިވަގުތު ގެންދަވަނީ ހއ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.

އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ގެ އެހީތެރިކަމާއެކު ކުލަބު ޕޯލްސްޓަރ އިން އިންތިޒާމްކުރާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ދެވަނަ ޓީމަށް 25000 ރުފިޔާ ދިނުމަށް ހަމަޖެހިފފައި ވެއެވެ. މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު މިރޭ 8:00 ގައި އިހަވަންދޫ ހުރަވީ ދަނޑުގައި އޮންނާނެ އެވެ. 

[BOTTOM CONTENT BANNER]
މައިކަޕް 2016

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ