ތައްޓާއިމެދު ޔަޤީންކަން އެބައޮތް – ނައުފަލް

10 ޑިސެމްބަރު 2016 2

މިފަހަރުވެސް މައިކަޕްގެ ތައްޓާއިމެދު ޔަޤީންކަން އެބައޮތްކަމަށް ޔުނައިޓެޑް ޔޫތްގެ ޗެއަރމަން ނައުފަލް އިބްރާހީމް ވިދާޅުވެއްޖެއެވެ. ނަފަލް މިހެން ވިދާޅުވީ، އެޓީމާއި ގުޅެމުންދާ ރަށުންބޭރު ކުޅުންތެރިންގެ މައުލޫމާތު ހޯދުމަށް މިއަދު މިނޫހުން އެބޭފުޅާއާއި ސުވާލުކޮށްލުމުންނެވެ.

ނައުފަލް މައުލޫމާތު ދެއްވި ގޮތުގައި ރޭގެވަގުތެއްގައި އެޓީމަށްކުޅޭ ރަށުންބޭރު ކުޅުންތެރިއެއް ކަމަށްވާ އާދަމް ނަސީޙް ވަނީ އެޓީމާއި ގުޅިފައެވެ. ނަސީޙް އަށްވަނީ ވަރަށްޙޫނު މަރުޚަބާއެއް އެޓީމުން ކިޔާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަންނާގެ ނަމުން މަޝްޙޫރުވެފައިވާ ނަސީޙް އަކީ ހިލޭޖެހުންތަކުން ގޯލްޖެހުމަށް މަޝްހޫރު ކުޅުންތެރިއެކެވެ.

އާދަންނާގެ އިތުރުން އިތުރު ދެ ކުޅުންތެރިއަކު މާދަމާ ހެނދުނު އެޓީމާއި ގުޅުމަށް ހަމަޖެހިފައިވާކަމަށް ނައުފަލް މައުލޫމާތު ދެއްވިއެވެ. އެއީ މަޙުދީ އަދި އަލީ ރިލްވާމް އެވެ. ނައުފަލް ވިދާޅުވީ ޓީމްގައި ހިމެނޭ ރަށުންބޭރު ކުޅުންތެރިންނާއި އަދި ރަށުގެ ހުނަރުވެރި ކުޅުންތެރިންނާއިއެކު މިއަހަރުގެ މައިކަޕް ތަށި ހޯދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމުގައެވެ.

ޔުނައިޓެޑް ޔޫތުން މިމުބާރާތުގައި ކުޅޭ ފުރަތަމަ މެޗްގައި މާދަމާރޭ 21:45 ގައި ބައްދަލުކުރަނީ ކުޅިމަގު ޕްލަސް އާއެވެ. ޔުނައިޓެޑް ޔޫތަކީ މިދިޔަ އަހަރުގެ މައިކަޕް މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

މައިކަޕް 2016, ޔުނައިޓެޑް ޔޫތު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކުޅިވަރު ކަންތަކުގަ ތިހެން ޕްރޯއެކްޓިވްކޮށް އިންޓަވިއުތައް ހޯދާ ހެން ތަރައްޤީއާ ގުޅޭކަންކަމުގަ ވެސް މިނިސްޓްރީތަކާ ގުޅައިގެން މައުލޫމާތު ހޯދާ ހަބަރު ހަދާނެނަމަ. ރޭގަ އިޤްތިސާދީ ވަޒީރު އެވަޑައިގަތީ މިރަށުގަ އުޅުއްވާފަ. ހުވަހަންދޫ އެއަރޕޯޓް އައިހެވަން ފަދަ ކަންކަމުގެ ފަހުގެ ޚަބަރުތަކާ އެކަންކަން ވައުދާ އެއްގޮތަށް ނުކުރެވިގެން އުޅޭސަބަބު އޮޅުންފިލުވާލި ނަމަވެސް ލައްކަ ބޮޑުވަރެއް އެއީ. މިރަށަކީ ކުޅިވަރާ ނާޗަރަންގީގެ ރަށަކަށް ހަދަން ބަޔަކު ވަރަށް މަސައްކަތްކުރޭ.

– 11 ޑިސެމްބަރު 2016 0

ޔޫތު ކަޑައޭ މިހާރު

– 10 ޑިސެމްބަރު 2016 0