އަންނަ އަހަރުގެ މައިކަޕްށް ރަނގަޅު ލައިޓިން ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން – މޫސާ މާހިރު

28 ޑިސެމްބަރު 2016 2

މޫސާ މާހިރު ފޮޓޯ: އިހަވަންދޫ.ކޮމް

2017 ވަނައަހަރު ބާއްވާ މައިކަޕް 11 ވަނަ މުބާރާތުގެ ފޯރިގަދަކުރުމަށާއި މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް، ރަނގަޅު ލައިޓިން ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ކުލަބް ޕޯލްސްޓަރއިން ކުރަމުން އަންނަކަމަށް މޫސާ މާހިރު ވިދާޅުވެއްޖެއެވެ. މާހިރު މިހެން ވިދާޅުވީ 10 ވަނަ މައިކަޕް ފުޓްބޯޅަމުބާރާތުގެ ފައިނަލް މެޗްގެކުރިން ދެއްކެވި ވާހަކަފުޅުގައެވެ.

"މިހާރު އަޅުގަނޑުމެން ރާއްޖެއިން ބޭރުން. އާދެ! ޗައިނާއިން ލައިޓިން ސިސްޓަމް ގަތުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވަނީ ނިމިފަ!" ލައިޓިން ސިސްޓަމް ގަތުމުގެ މަސައްކަތް ކުރިޔަށްދާގޮތް ތަފްސީލްކޮށްދެއްވަމުން މާހިރު ވިދާޅުވިއެވެ. މާހިރު އިތުރަށް ވިދާޅުވީ އެކަމަށްޓަކައި ހަމައެކަނި ބޭނުންވަނީ އެމްޕީ މުހަންމާގެ ބަހެއްކަމުގައެވެ. "މުހައްމަދު ﷲ، އިހަވަންދޫ ކައުންސިލް އަދި މިސަރުކާރުން މަސައްކަތް ކޮށްދެއްވައިފިނަމަ އަންނަ އަހަރު އިރާދަކުރެއްވިއްޔާ މިދަނޑުގެ ހަތަރުކަނުގަ ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމެއް ހަރުކުރެވިގެންދާނެ" މާހިރު ވިދާޅުވިއެވެ.

މާހިރުގެ ވާހައަކަށްފަހު، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހަންމަދު އަބުދުﷲ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ދަނޑުގެ ހަތަރުކަނުގައި ލައިޓްޕޯސްޓްޖެހި މާލޭގައިހުރި ފެންވަރުގެ އަލި، 2017 ވަނައަހަރު މިމުބާރާތް ކުޅެމުންދާއިރު، ހުންނާނެކަމުގެ ހެޔޮހަބަރު ދެއްވާކަމުގައެވެ. މުހަންމަދު އަބުދުﷲ އިތުރަށް ވިދާޅުވީ އެކަންތަކާއި ގުޅިގެން ކުރަންޖެހޭ ހުރިހާކަމެއް ޔޫތް މިނިސްޓްރީއާއި ގުޅިގެން މިހާރުވަނީ ކޮށްނިމިފައި ކަމުގައެވެ.

ކްލަބް ޕޯލްސްޓާރ, މުހައްމަދު އަބުދުﷲ, މައިކަޕް 2017

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މާހިރު އެއްދުވަހުބުނި ތިމަންނަމީ އިހަވަންދޫ މީހެއްނޫނޭ ދެން އިހަވަންދޫ ކަންކަމާބެހެނީ ކީއްވެ.

– 29 ޑިސެމްބަރު 2016 0

ލައިޓިންގ ސިސްޓަމެއްނޫން ގެންނަންވީ މުހައްބަތު ރަނގަޅު ފެންވަރުގައި ހަދާދޭންބުނި ދަނޑު ހަދާދޭންވީ ފުޓްބޯޅައެއް ނުުކުޅެވޭނެ ގުޅަކުޅޭ ފަސްގަޑެއްގައެއް

– 29 ޑިސެމްބަރު 2016 0