[HEADER BANNER]
BREAKING NEWS

↵ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮށްފި

[AD]

"ހިނިތުންވުމުގެ އަޖައިބުތައް" ބެލެނިވެރިން ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް އިހަވަންދޫ ސްކޫލްގައި ބާއްވައިފި


ތަހުޒީބީ މުޖުތަމަޢެއް ބިނާކުރުމަށް މީހުން ހޭލުންތެރިކުރުމަކީ ނުހަނު ބޭނުންތެރިކަމެއް. އިހަވަންދޫ ސްކޫލްގެ ބެލެނިވެރިން ހޭލުންތެރިކުރުމުގެ ބައްދަލުވުމެއްގައި ބައިވެރިވަނީ. ފޮޓޯ: އިހަވަންދޫ ސްކޫލް.

"ހިނިތުންވުމުގެ އަޖައިބުތައް" މިމައުލޫއަށް ބެލެނިވެރިން ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް އިހަވަންދޫ ސްކޫލްގައި ބާއްވައިފިއެވެ. ރޭ އިހަވަންދޫ ސްކޫލްގެ ހޯލްގައި އޮތް މިމަސައްކަތު ބައްދަލުވުން ފެސިލިޓޭޓްކޮށްދެއްވީ ސިވިލްސަރވިސް އެޑްމިނިސްޓްރޭޓަރ ޙަސަން ޝިޔާމް އެވެ.  

ރޭގެ މަސައްކަތު ބައްދަލުވުމުގައި ހާސްވުމާއި ކަންބޮޑުވުމާއި ދުރު އުފާވެރި ޙަޔާތެއް ހޭދަކުރާނެގޮތުގެ މައްޗަށް ބައްދަލުވުމުގެ ބައިވެރިންނާ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. ހާސްވުމާއި ކަންބޮޑުވުމާއި ދުރު އުފާވެރި ދިރިއުޅުމަކަށް ހިނިތުންވުމަކީ ވުމަކީ ވަރަށްބޭނުންތެރި މުހިއްމު ކަމެއްކަން ފާހަގަ ކުރަމުން ޙަސަން ޝިޔާމު ވިދާޅުވީ ޗެކްލެޓްކެއުމަކީ އުފާވެރިކަން ގެނެސްދޭކަމެއް ކަމަށާއި 100 ޗޮކްލެޓް ކެއުމުން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަމާއި އެއްވަރުގެ ހިތްހަމަޖެހުމެއް، ޙަޤީޤީ އެންމެ ހިނިތުން ވުމަކުން ލިއްބައިދޭކަމަށެވެ.

ރޭގެ ބައްދަލުވުމގައި ބައިވެރިންނަށް ހިނިތުންވުމުގެ ވަރަށްގިނަ އަޖައިބުތައް ހިއްސާކޮށްފައިވެއެވެ. ހިނިތުންވުމުކީ ޒުވާންކަންމަތީ އުމުރު ދިގުކޮށްދޭ، ޞިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ.

މިމަސައްކަތު ބައްދަލުވުން ނިންމާލުމަށްފަހު ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިޔަކު ބުނީ މިއީ ވަރަށް ބޭނުންތެރި ބައްދަލުވުމެއްކަމަށާއި ވަރަށް ގިނަ މައުލޫމާތު ތަކެއް ލިބިގެން ދިޔަކަމަށާއި ހިތާމަޔާއި ހިތްދަތިކަމާއި ހާސްކަންމަތީވެސް ހިނިތުންވުންވާން މަސައްކަތްކުރާނެކަމަށެވެ. ހިނިތުންވަމުކީ އަޖައިބެއްފަދަ ކަމެއް ކަމަށެވެ. 

[BOTTOM CONTENT BANNER]
އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ