[HEADER BANNER]
[AD]

މިނިވަން ޗެމްޕިއަންޝިޕްގައި އިހަވަންދޫއިން ބައިވެރިވެއްޖެ

3 ފެބުރުއަރީ 2017 1

އަންނަ މާޗް މަހު 15 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕްގައި އިހަވަންދޫއިން ބައިވެރިވެއްޖެއެވެ. ފާއިތުވި ދެއަހަރުވެސް އިހަވަންދޫއިން މިމުބާރާތުގައި ބައިވެރިވެފައި ވީނަމަވެސް، އެކިއެކި ސަބަބުތަކާއިހުރެ ވަކިހިސާބަކުން ކޮންމެފަހަރަކުވެސްވަނީ މުބާރާތުން ވަކިވެފައެވެ.

ކައުންސިލަރު މުހަންމަދު ރަޝީދު މިނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މި މިބާރާތުގައި ބައިވެރިވީ ރަށުގައިތިބި ހުނަރުވެރި ޒުވާނުންނަށް އިތުރުފުރުސަތުތަކެއް ތަނަވަސްކޮށްދީ، ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ ވިސްނުމުގައި ކަމަށެވެ. އެބޭފުޅާ ވިދާޅުވީ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން، މުބާރާތަށް ރަނގަޅު ޓީމެއް ނެގުމުގެ މަސައްކަތް ވަރަށްއަވަހަށް ފައްޓަވާނެކަމުގައެވެ.

މިމުބާރާތުގައި މިފަހަރު ހއ އަތޮޅުން ބައިވެރިވީ އިހަވަންދޫ އިތުރުން ފިއްލަދޫ، މާރަންދޫ އަދި މުރައިދޫއެވެ. މިޓީމްތަކުގެ މެދުގައި ކުޅޭ އަތޮޅުބުރުން 1 ވަނަ ހޯދާޓީމް ކުޅެންޖެހޭނީ ޒޯންބުރުގައެވެ. އެގޮތުން ޒޯން 1 ގައި ހިމެނެނީ ހއ އަދި ހދ އަތޮޅެވެ. ހދ އަތޮޅުން މިމުބާރާތުގައި ބައިވެރިވެފައިވަނީ ހަނިމާދޫ، ހިރިމަރަދޫ، ކުޅުދުއްފުށި، ކުމުންދޫ، ކުރިނބީ، ނޭކުރެންދޫ އަދި ނޮޅިވަރަންފަރެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގެ ނަމުގައި 2015 ފެށި މިމުބާރާތުގެ ނަން މިދިޔައަހަރުވަނީ މިނިވަން ފުޓްބޯޅަ މުބާރާތުގެ ނަމަށް ބަދަލުކޮށްފައެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, މިނިވަން ޗެމްޕިއަންޝިޕް, މިނިވަން ޗެމްޕިއަންޝިޕް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

"އިހަވަންދޫ ކައުންސިލުން ނިންމާފައެއް ނޯންނާނެ މިމުބާރާތުގާ ބާވެރިވާކަށް" ކައުންސިލަރެއް․ ދޮގުހަބަރު ނޫސް

– 3 ފެބުރުއަރީ 2017 0