[HEADER BANNER]
[AD]

ރަށުތެރޭގައި ސިހުރުގެ ނާމާންކަން، ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

4 ޖެނުއަރީ 2013 0

ސިހުރު ހެދުމަށް ބޭނުން ކުރާ ސާމާނާއި ލިޔެކިޔުން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެންނާއި، ސިހުރު ހަދާކަމަށް ބެލެވިގެން އިހަވަންދޫ، ރެޑްސްޓާރ ގޯތި ތެރޭގައި ވަކިން ހުންނަ ކޮޓަރިއެއް ފުލުހުން ބަލާ ފާސްކޮށްފި އެވެ. މި ކޮޓަރި އަކީ ފުވައްމުލަކު ހަމީދު ކިޔާ މީހަކާއި އޭނާގެ އަންހެނުން އަދި ދެ ދަރިން ދިރިއުޅުމަށް ކުއްޔަށް ދީފައި ހުންނަ ކޮޓަރިއެއް ކަމަށް ރެޑްސްޓާރ އިން މަޢުލޫމާތުދެ އެވެ. ރެޑްސްޓާރ އަށް ބަދަލުވުމުގެ ކުރިން މި އާއިލާ ދިރިއުޅެމުން ދިޔައީ އިހަވަންދޫ، ފަޒާ ގޭގަ އެވެ.

"ހަމީދު" ދިރިއުޅޭ ކޮޓަރި ފުލުހުން ބަލާ ފާސްކޮށްފައި މި ވަނީ ރަށުތެރެ ނާމާންވެ މެންދަން ވަގުތު ތަކުގައި ރަށުތެރެއިން ޖިންނި ފެންނަ ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެމުން ދަނިކޮށެވެ. މި ގޮތުން ދޮޅު ފޫޓުގެ ކުޑަ ކުއްޖެއް ރަށުތެރެއިން ފެންނަ ކަމަށް ބައެއް ހަރު މީހުން ވެސް އިހަވަންދޫ ޑޮޓްކޮމް އަށް ކިޔާދީފައިވެ އެވެ. އަދި މިނޫންވެސް ނާމާން ކަންކަމާ މި ފަހުން އެކި މީސްމީހުންނާ ކުރިމަތިވެފައިވާ ކަމަށް މަޢުލޫމާތުލިބެ އެވެ. މި ގޮތުން ފުލުހުންނާ ވެސް މި ނާމާންކަން ކުރިމަތިވެފައިވާ ކަމަށްވެ އެވެ.

ރަށުތެރޭގައި ދޭދޭ މީހުން ދައްކާއުޅޭ ވާހަކަތަކަށް ބަލާއިރު، ރަށުތެރޭގައި މިހާރު އުފެދިފައިވާ ނާމާންކަން ގުޅުވަނީ ފުވައްމުލަކު "ހަމީދު"އާ އެވެ.  މުޅިން ކަށަވަރު ނުވާ ޚަބަރުތައް ބުނާގޮތުން މީނާ އަކީ މީނާގެ ފަސްފަހުތުން ޖިންނި އުޅޭތީ އެކި ރަށްރަށުގައި ވަޒަންވެރިވެ އުޅޭ މީހެކެވެ. ދާދިފަހުން ހދ. ހަނިމާދޫގައި ތިބުމަށްފަހު މިހާރު އިހަވަންދޫ އަށް ބަދަލުވެފައި ވަނީ އެހެންވެ ކަމަށް ބައެއް މީހުން ބުނެ އެޅެ އެވެ.

"ހަމީދު" އަކީ ފަންޑިތަ ހަދާ މީހެކެވެ. ކޯޓު އަމުރަކުން ހުއްދަ ލިބިގެން "ހަމީދު" ދިރިއުޅޭ ކޮޓަރި ބަލާ ފާސް ކުރުމަށްފަހު ހަމީދު ވަނީ ހައްޔަރު ކޮށްފަ އެވެ. ބަލާ ފާސްކުރި ކޮޓަރިން ދެ ކޮތަޅާއި ހަތަރު ފޮށިގަނޑު ފުލުހުން ގެންދިޔަ މަންޒަރު އިހަވަންދޫ ޑޮޓްކޮމްގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ.

 

[BOTTOM CONTENT BANNER]
ސިހުރު ހެދުން, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ