ހަޖޫޖަހައި ފާޑުކިއުން
މިހާރު އެންމެ ބާރަށް އަޑުއިވެމުންދާ އެއް ވާހަކައިގެ ގޮތުގައި އިވެމުންދަނީ ނިމިދިޔަ ކައުންސިލް ބަދަލުވެ، އަލަށް އިންތިހާބުވި ކައުންސިލަރުން ކުރަމުންދާކަންތައްތަކުގެ ވާހަކައެވެ. މިހާރުގެ ކައުންސިލުން ކުރަމުންގެންދާ ކަންކަމާމެދު ފާޑުވިދާޅުވެ ހަޖޫޖަހާ ބޭފުޅުހުން މަދުނޫންކަން ސޯސަލް މީޑިއާގެ "ސްޓޭޓަސް" ތަކުން ވަރަށް ރަނގަޅަށް އެނގި ހާމަ ވާނެއެވެ. މިދަންނަވަނި ހަމައެކަނި އިހަވަންދޫގެ ވާހަކައެވެ.
"ފޭސްބުކް"، "ޓްވިޓަރ" އަދި "ވައިބަރ" ގައި ގުގުމަމުން ދަނީ މިހާރުގެ ކައުންސިލުން ކުރަމުންދާ ކަންކަމުގެ ވާހަކައެވެ. ކައުންސިލުން، އެބޭފުޅުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ "ފޮޓޯ" އަދި "ވީޑިއޯ" ފޭސްބުކަށް އަޕްލޯޑް ކޮށްލާހިސާބުން މީހުންގެ ކޮމެންޓްތައް ފުލުފުލުގަ ކުރަމުންދާއިރު ބައެއްމީހުންގެ ފަރާތުން ގިނަ ފާޑުކިއުންތަކެއް ފެނިގެން ދާކަން ފާހަގަކުރެވެ އެވެ. ބިނާކުރެނިވި ފާޑުކިއުން ތަކަށްވުރެއް ހަޖޫޖަހައި މަލާމާތް ކުރާ ބޭފުޅުން ވަރަށްވެސް ގިނަކަން ފާހަގަ ކުރެވެއެވެ. ތަނެއް ތަރައްގީވެ ކުރިއަރައި ދާނީ އެތަނެއްގައި ހިންގާ ހަރަކާތްތަކައް ބިނާކުރަނިވި ރީތި ފާޑުކިއުންތަކަކާ އެކުގައިކަން ކަށަވަރެވެ. ތިމާ ކިތަންމެ ހިތް ނޭދޭ އަދި ނުރުހޭ ބަޔަކު ކުރިކަމުގައި ވީނަމަވެސް، އެ ބަޔަކު ކުރަނީ ރައްޔިތުންނަށް ލާބައާއި މަންފާ ހުރި ކަމެއް ކަމުގައި ވަނީނަމަ އެކަމަކަށް ހިއްވަރުދިނުމުގެ ރޫހު ކޮންމެ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހެއެވެ.
ނިމިދިޔަ ކައުންސިލުން ރައްޔިތުންނަށް އެކަށީގެންވާވަރަށް ކަންތައްތައް ކޮށްނުދެވި އޮތްއިރު މިހާރުތިބި ކައުންސިލަރުން މަޤާމާއި ހަވާލުވިތާ އެއްމަސް ދުވަސް ވެފައިވާއިރު އިހަވަންދޫ ރައްޔިތުން ހިތްއެދޭފަދަ ކަންތައްތަކެއް ރައްޔިތުންނަށް ބުނަން ނުޖައްސަ ކުރާތަން އަންނަނީ ފެންނަމުންނެވެ. އެހެންކަމުން އެބޭފުޅުންގެ ޖޯޝާއި ފޯރި ހުރި މިދަނޑިވަޅުގައި ކޮންމެ ރައްޔިތަކުވެސް ބަލަންވީ އެބޭފުޅުންގެ މަސައްކަތްތަކަށް ފާރަލައި ބީނާކުރަނިވި ގޮތުގައި ފާޑުކިޔުމަށެވެ. ވިސްނަންވީ ޕާޓީ ފިކުރު ދޫކޮށް ރަށުގެ ތަރަށްޤީއާއި ކުރިއެރުމަށެވެ. ލިބެން އޮތްތާ ލިބިގަތުމަށެވެ. ކުރަން އޮތްތާ ކޮށް ނިންމުމަށެވެ. އަޅުގަނޑުމެނަށްފަހު ދެންއަންނަށް އޮތްޖީލަށް މިތަނަކީ ތަރަށްޤީވެ ތަހުޒީބުވެފައިވާ ތަނަކަށް ހެދުމަކީ މިއަދު އަޅުގަނޑުމެންގެ ޒިންމާއެއް ނޫންތޯއެވެ.؟
މިކަން އަޅުގަނޑުމެން ގަބޫލްކުރާ ހާލު، ހުރިހާ ރައްޔިތުންވެސް އެދެނީ ރަށައްޓަކައި މިހާރުގެ ކައުންސިލަރުންގެ ހިތުގައި އުފެދިފައި އޮތް ރޫހް "ސައިބޯނި ބޮތްކަކައް" ނުވުމަށެވެ.
ޚިޔާލު ފައުޅުކުރުން