[HEADER BANNER]
[AD]

ގޭ ބަންދަށް ފަހު ސަލީމް ހައްޔަރަށް

5 ޖެނުއަރީ 2013 0

އިހަވަންދޫ ކުޑަ ފިރިހެން ކުދިންތަކަކާ އެކު ބަދުއަޚްލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ދާދިފަހުން އިހަވަންދޫން ހައްޔަރު ކުރި ސަލީމް (ޝާކާ) / މ. މުލި، ގޭ ބަންދަށް ދޫކޮށްލުމަށް ފަހު އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމް ގޭ ބަންދަށް ދޫކޮށްލީ 15 ދުވަހުގެ މުއްދަތަށެވެ. ކޯޓުން އޭނާ ގޭ ބަންދަށް ދޫކޮށްލީ ސިއްޙީ ސަބަބުތަކަކާ ހުރެ ކަމަށް މަޢުލޫމާތު ލިބެ އެވެ. މި ގޮތުން ގޭ ބަންދުގައި ހުރި މުއްދަތުގައި އޭނާގެ އަތަށް ފަރުވާ ދީފައިވާ ކަމަށްވެ އެވެ.

ގޭ ބަންދުގެ މުއްދަތަށް ފަހު އޭނާ ކޯޓަށް ޙާޟިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ސަލީމް މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ކުޑަ ފިރިހެން ކުދިންތަކަކަށް ގަދަކަމުން ޖިންސީގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތެވެ. މި މައްސަލާގެ ތަހުގީގު އަދިވެސް ދަނީ ކުރިޔަށެވެ. މި މައްސަލާގައި މީނާ ބެހުނު ކަމަށް ބުނާ ކުޑަ ކުދިން ދާދިފަހުން ވަނީ މާލެ ގެންގޮސް ކަމާބެހޭ ތަހުގީގާއި ސިއްޙީ ދިރާސާތައް ކޮށްފަ އެވެ.

މީނާގެ އިތުރުން ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މި ދިޔަ އަހަރު ސައްޔިދު ޚަލީޤު (ގާރީ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

 

[BOTTOM CONTENT BANNER]
ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ