[HEADER BANNER]
[AD]

65 އަހަރުގެ މީހެއްގެ މެއިން 3 ކިލޯގެ ޓިއުމަރެއް ނަގައިފި

16 ޑިސެމްބަރު 2017 0

ހެމެންދުރަ ގުޕްތާ (ކުރިމަތީ) އޭނަގެ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމާއި އެކު

ކުޑައިރުން ފެށިގެން މޭގައި އުފެދެމުން ދިޔަ ޓިއުމަރެއް މީހެއްގެ މެއިން ނަގައިފި އެވެ.

އިންޑިއާގެ އުއްތަރަ ޕުރަދޭޝް އަށް އުފަން 65 އަހަރުގެ ފިރިހެނެއް ކަމަށްވާ ހެމެންދުރަ ގުޕްތާގެ މުޅި ދިރިއުޅުން ވޭތުކުރަމުން ދިޔައީ މޭގަ ރިއްސުމާއި ނޭވާލުމަށް އުނދަގޫވުމުގެ ބަލިމަޑުކަމުގައެވެ. މިހުރިހާ ދުވަހަކު ޑޮކުޓަރުން ބުނަމުން ދިޔައީ ހެމެންދުރަގެ ބައްޔަކީ ހިތުގެ މައްސަލައަކުން ދިމާވެގެން އުޅޭ ބައްޔެއް ކަމަށެވެ. ކޮންމެ ފަހަރަކުވެސް ވަގުތީ ފަރުވާ އެއް ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލަނީ އެވެ.

ނޭވާލުމަށް އިންތިހާއަށް އުނދަނގޫވެ މޭގާ ރިއްސުން ގަދަވެ ކޮޅަށްވެސް ނުތެދުވޭ ވަރު ވުމުން މެހެންދުރަ، ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓު ތަކުން ވަނީ އޭނާގެ ފުއްޕާމެއާއި ހިތާއި ދެމެދުން ޓިއުމަރެއް ފެނިފައެވެ. "ހެމަޓޯމާ" އޭ ނަން ދެވިފައިވާ މިޓިއުމަރު މެހެންދުރަގެ ހަށިގަނޑުން ނެގުމަށްޓަކައި ޖަވާހަރްލާލް ނެހުރު މެޑިކަލް ކޮލެޖު އޮފް ދަ އަލިގުރާ މުސްލިމުން ޔުނިވަރސިޓީގައި ވަނީ 3 ގަޑިއިރަށް ދެމިގެންދިޔަ އޮޕަރޭޝަނެއް ކޮށްފައެވެ.

"ހެމަޓޯމާ"  ޓިއުމަރ އަކީ ޅަފަތުގައި ކުއްޖާ މައިމީހާގެ ރަހިމުތެރޭ ހެދިބޮޑުވަމުންދާއިރު ޓިޝޫއެއް މަދުވުމުގެ ސަބަބުން އުފެދޭ ޓިއުމަރެކެވެ.

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ