[HEADER BANNER]
[AD]

މަސްވެރިންގެ ދުވަހުގެ ޖަލްސާ ކުރިއަށްދާ އިރު އިހަވަންދޫގައި މުޒާހަރާ

16 ޑިސެމްބަރު 2017 4

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ހއ. އިހަވަންދޫ އޯޕަން ސްޓޭގައި މިހާރު ކުރިޔަށްދާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައެއްމަސްވެރިން ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ. ސިޔާސީ ބައެއްކަންކަމާއި ގުޅުހުންހުރި ޝުއޫރުތަކާއި މަސްވެރިންނަށް ހުރި ދަތިތައް ސަރުކާރުން ފިލުވައިނުދޭ ކަމަށް ބުނެ މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާ ކުރަމުންދާ ސަރައްދު ކޮންޓްރޯލްކުރަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މުޒާހަރާކުރަމުންދާ މީހުންގެ ތެރެއިން ދެ މީހަކު މިހާރުފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އެ މުޒާހަރާގެ ތެރޭގައި ހުންނެވި އިހަވަންދޫ ދާއިރާގެ "ކުރީގެ" މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ އެރަށުގެ މަސްވެރިންނަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި މަސްވެރިންގެ ދުވަހެއް އެރަށުގައި ފާހަގަ ކުރުމަށް ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދަނީ މަސްވެރިންނަށް ދައުވަތު ނުދީ ކަމަށާއި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މަސްވެރިންނަށް އެމީހުންގެ ޝުއޫރު ފާޅު ކުރުމަށް ވެސް ފުރުސަތު ނުދޭ ކަމަށެވެ. އިހަވަންދޫ ރަށު ކައުންސިލުގެ ބައެއްމެމްބަރުން ހިންހަމަނުޖެހުން ފާޅުކޮށް ބުނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެރަށަށް ވަޑައިގަންނަވާތީ ކައުންސިލުންވީ ތައްޔާރުވެފައި ވަނިކޮށް އެކަމަށް ނުބައްލަވައި މިނިސްޓަރު ކަންކަން ކުރެއްވީ އެރަށުގެ އެހެން ބަޔަކު އެދުނު ގޮތަށް ކަމަށެވެ.

އިހަވަންދޫ ކައުންސިލް މެމްބަރުންވެސް މުޒާހަރާގައި ބައިވެރިވަމުންދާއިރު، ކައުންސިލް މެމްބަރު އަހުމަދު ރިޞްވާން ވިދާޅުވީ ކައުންސިލް މެމަބަރުންނަށް މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތުދީފައި ނުވާކަމުގައެވެ.

[BOTTOM CONTENT BANNER]
މަސްވެރިންގެ ދުވަސް, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

jalsaage ehves habareh genes nudhevunu.. dhuvahu hingunu ehves harakaatheh nugenevunu.. bayaku muzaaharaaeh kohllee genevunu...

– 16 ޑިސެމްބަރު 2017 0

މަސްވެރިންގެ ދުވަހުގެ ޖަލްސާއެއް ބާއްވާއިރު ރަށުގެ ވެރިންނަށް ދައުވަތު ނުދޭ․ ރަށުގައި ތިބި މަސްވެރިންނަށް ދައުވަތު ނުދޭ․ ޖަލްސާގަ ގިނައީ ކުޑަކުދިން․ މެމްބަރު މުހައްމަދު އިސްމާއިލް އަރާވަޑައިގެން ހަޅާފުޅު ލައްވަނީ․ ކުޑަކުދިން ތިބީ ސިހި ސިހި․ ޖަލްސާއަށް ދިޔަ ބަޔަކު ދިޔައީ އެއީ ގައުމީ ކަމެއްކަމަށް ހީކޮށް، އެކަމަކު އެހެންނެއް ނޫން އެވީ، ޖަލްސާ އަކީ ސިޔާސީ ޖަލްސާއެއް․ ޕީޕީ އެމް އިން ހިންގާ ކޮންމެ ސިޔާސީ ހަރަކާތެއް ގައުމީ ޓީވީން ލައިވް ކުރާނެ․ ރޭވެސް ލައިވް ކުރި

– 17 ޑިސެމްބަރު 2017 0

Photo in ehves masveriyaku nufeney poh

– 17 ޑިސެމްބަރު 2017 0

ދައިވަތު ދޭންތިބި މީހުންތިބީ މުޒާހަރާގަ․․ ދެން ކިހިނެއް ދައުވަތެއް ދޭނީ މީހަކަށް․․․

– 18 ޑިސެމްބަރު 2017 0