[HEADER BANNER]
BREAKING NEWS

↵ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮށްފި

[AD]

މައި ކަޕް 2017: ތައްޓާއެކު ޖަންގަލް ތާރީހުގެ ތެރެއަށް

2 ޖެނުއަރީ 2018 5

މުބާރާތުގެ ތަށިި ދެ ފަހަރަށް އެއްޓީމަކުން ހޯދި ފުރަތަމަ ޓީމަކީ ޖަންގަލް.. ފޮޓޯ: ލަޔާން އަޙްމަދު

ރޭ ކުޅެވުނު މައި ކަޕް 11 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި 3-0 ން މާރަންދޫ ބީ.އެސް.އެސް.ސީ (ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބު) ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލުމަށްފަހު ޖަންގަލް ޓީމުން މައި ކަޕްގެ އާ ރެކޯޑުތަކެއްހަދައި ތާރީހުން ޖާގަހޯދައިފިއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ޖަންގަލް ޓީމު ވެފައިވަނީ މައި ކަޕްގެ 11 އަހަރުވީ ތާރީހުގައި ދެފަހަރަށް މުބަރާތް ކާމިޔަބުކުރި ފުރަތަމަ ޓީމަށެވެ. އަދި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމުގެ ޝަރަފުއޮތީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޖަންގަލް ޓީމު އަތުގައެވެ.

2014 ވަނަ އަހަރު ބޭއްވި މައި ކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހޯދުމާ ވަރަށް ގާތަށް ސެންސިޓީ ދިޔަނަމަވެސް އެފަހަރު ސެންސިޓީވަނީ ފައިނަލުގައި މާރަންދޫ ޒުވާނުންގެ ޖަމިއްޔާ އަތުން ބަލިވެފައެވެ. 2014 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލްގައި އެއްކޮޅުން މާރަންދޫގެ ޓީމެއް ވާދަކުރި ނަމަވެސް ފާއިތުވި 3 އަހަރުވެސް އެޓީމުތަކަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.


ރޭގެ ފައިނަލުން ބީ.އެސް.އެސް.ސީ ބަލިވުމުން ޖެހިޖެހިގެން 3 އަހަރު ފައިނަލުން މާރަންދޫ ޓީމެއް މިވަނީ ބަލިވެފަ... ފޮޓޯ: ލަޔާން އަޙްމަދު

ރޭ ކުޅެވުނު ފައިނަލް މެޗު އެއްކޮށްކަހަލަ ގޮތަކަށް ޑޮމިނޭޓްކުރީ ޖަންގަލް ޓީމުންނެވެ. ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޖަންގަލް އިން ހޯދި ނަމަވެސް މެޗުގައި އެޓީމުންޖެހި ތިންގޯލުވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 3 ވަނަ މިނެޓުގައި ޖަންގަލް ޓީމަށް ލީޑު ނަގައިދިނީ އަޙްމަދު މުސްލިހު 8، އެވެ. ޖަންގަލް އަށް ލީޑު ފުޅާކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިހްސާން މަންސޫރު 9، އެވެ. ޖަންގަލް ޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ މުސްލިހުގެ ބަދަލުގައި ކުޅެން ނިކުތް އަޙްމަދު ފައިސަލް 7، އެވެ.

ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕު ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މައި ކަޕް ފުޓްބޯޅަ މުބާރާތް ﷲގެ އިރާދަފުޅާއެކު މި އަހަރުވެސް ބާއްވާނެކަމަށް މުބާރާތުގެ ބާނީ މުޙައްމަދު ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

[BOTTOM CONTENT BANNER]
ޖަންގަލް ޑާރކް ޕޮއިންޓް, މައިކަޕް 2017

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Nvk ves mubaaraae kaamiyaabukeee hureee match akun molhuvegen <br>Info hoadhaaafa news liyeba <br>Furathama jungle dark point namuga thashi negee <br>Mifaharu jungle <br>Maruhabaa jungle

– 2 ޖެނުއަރީ 2018 2

Jungle namakan kiyaa teamen mai cupge thashi hoadhi Mee furathama faharu kureega thashi hoadhee jungle dark point kiyaa teamen

– 2 ޖެނުއަރީ 2018 0

ޖަންގަލް ޑާކު ޕޮއިންޓް ރިބުރޭންޑު ކޮށް ޖަންގަލް އަށް ބަދަލުކުރީމަ އެ ނުވާނެއްނު ކުރީގެ ޓީމު ނޫން ކަމަކަށް؟

– 3 ޖެނުއަރީ 2018 2

މަރުހަބާ ޖަންގަލް․ ވާރިޝް ކުޑޭމެން ބުނާ ގޮތަށް ކަންތައްތައް ކުރާތީ ވަރަށް ބަރާބަރު․

– 3 ޖެނުއަރީ 2018 1

2012vana aharu NVK in furathama hurihaa match akun molhuve thashi negee.

– 3 ޖެނުއަރީ 2018 2