[HEADER BANNER]
[AD]

ޑުޓާޓޭ، ސޫކީއަށް – ހައްޤުތަކުގެ ވަހަކަ ދައްކަނީ ބާރެއް އޮތްބައެއް ނޫން

27 ޖެނުއަރީ 2018 0

އިންސާނީ ހައްގުތަކާއިމެދު އަޑުއުފުލާ ބާގަނޑަކީ އަޑުގަދަޔަސް އެއްވެސް ބާރެއް އޮތްބައެއް ނޫންކަމަށްބުނެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ، މިއަންމާގެ ލީޑަރު އަންސަން ސޫޗީގެއަށް ނަސޭހަތް ދީފިއެވެ. ޑުޓާޓޭ މިމޭރުމުން ވާހަކަދެއްކީ، މިހާރު ނިއުދިއްލީގައި ކުރިޔަށްދާ ފިލިޕީންސް-އިންޑިޔާ ވިޔަފާރި ސަމިޓްގައި ވާހަކަދައްކަވަމުންނެވެ. "އަހަރެމެންމިދައްކަނީ އަހަރެމެންގެ ޤައުމުގެ ވާހަކަ، އަހަރެމެންގެ ޤައުމަށް ފައިދާހުރިގޮތުގެ ވާހަކަ، އިންސާނީ ހައްޤުތަކަށް ބަލާނެކަމެއްނެތް، އިންސާނީ ހައްޤުތަކުގެ ދިފާއުގައި ވާހަކަ ދައްކާމީހުންނަކީ އެއްވެސް ކަމެއްވާބައެއްނޫން" ޑުޓާޓޭ ވިދާޅުވިއެވެ.

ޑުޓާޓޭ އިތުރަށް ވިދާޅުވީ، އެބޭފުޅާ ސޫޗީއާއި މެދު ހަމްދަރުދީ ވާކަމަށާއި، އެކަމަނާވަނީ ނޯބެލް ސުލްހައިގެ އިނާމުގެ ސަބަބުން ތާށިވެފައިކަމަށެވެ.

އަންސަން ސޫޗީވެސް ބައިވެރިވާ މިސަމިޓް ކުރިޔަށްދާއިރު، ބަނގުލަދޭޝްއަށް ހިޖުރަކޮށްފައިވާ މިންމާގެ ރޮހިންޖާ ރެފިއުޖީން އަލުން މިއަންމާގައި ވަޒަންވެރިކުރުމުގެ މަސައްކަތުގައި، ސޫކީ ފެއިލްވެފައިވާތީ އޭނައަށްދަނީ ވަރަށްބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

އަދި ތިރީސް އެތައް އަހަރެއް ވަންދެން ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ހޭދަކުރައްވާފައިވާ ބަރުމާގެ ޑިމޮކްރަސީ ލީޑަރު އަންސަން ސޫޗީ، ބަރުމާގެ މުސްލިމް ރޮހިންޖާ ނަސްލުގެ މުސްލިމުންނަށް އެޤައުމުގެ އަސްކަރިއްޔާއިން ކުރަމުންދިޔަ އަނިޔާއަށް އަޅައިނުލާ ލޯމަރާލައިގެންހުރުމުން، އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އެކަމަނާއަށް ކުރާ އިތުބާރުވަނީ ކަނޑާލާފައެވެ.

އަންސަން ސޫޗީއާއި އެއްގޮތަށް ޑުޓާޓޭ އަކީވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ނުރުހުން ވަރަށްބޮޑަށް އަމާޒްވެފައިވާ ބޭފުޅެކެވެ. ޑުޓާޓޭ މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންޤާ ކެމްޕޭނުގައި އެއްވެސް ޝަރީއަތެއްނެތި 3،900 އަށްވުރެ ގިނަމީހުން މަރާފައިވާކަމަށް އިންސާނީ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެއެވެ.

[BOTTOM CONTENT BANNER]
މިއަންމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ