[HEADER BANNER]
[AD]

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ރައްކާތެރި އެއްވެސް މިންވަރެއް ނެތް: ދިރާސާ

28 ޖެނުއަރީ 2018 0

ހިތުގެ ބަލިތަކާއި ސްޓްރޯކުން ރައްކާތެރިވުމަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރާމީހުން އެއަމަލު، މަޑުމަޑުން ހުއްޓާލަން ތިބުމުގެ ބަދަލުގައި އެއްކޮށް ހުއްޓާލަން ޖެހޭކަމަށް ބުރިޓިޝް މެޑިކަލް ޖާނަލްގެ އައު ދިރާސާއަކުން ދައްކައިފިއެވެ.

ދުވާލަކު އެންމެ ސިގިރެޓެއް ބޯ މީހާވެސް ސިނގިރޭޓު ނުބޯ މީހާއަށް ވުރެ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 50 އިންސައްތަ މަތިކަމަށް، އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު 30 އިންސައްތަ މަތިކަމަށް އެ ދިރާސާއިން ވަނީ ދައްކާފައެވެ. އަދި މިފުރުސަތު، ފިރިހެނުންނަށްވުރެ އަންހެނުންނަށް އިތުރުކަމަށްވެސް ވަނީ ދައްކާފައެވެ. އެގޮތުން އަންހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 57 އިންސައްތަ މަތިކަމަށް، އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު 31 އިންސައްތަ މަތިކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

ދިރާސާކުރެއްވި ފަރާތްތަކުން ބުނެފައި ވަނީ ހިތުގެ ބަލިތަކާއި ސްޓްރޯކުން ސަލާމަތްވުމަށް، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ރައްކާތެރި އެއްވެސް މިންވަރެއް ނެތް ކަމަށް މިދިރާސާއިން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ދުންފަތުގެ ސަބަބުން ޖެހޭ ބަލިތުގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު 48 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ ސަބަބުން، ހިތާއި ލޭދަތުރުކުރާ ހޮޅިތަކަށް ޖެހޭ ބަލިތަކުގެ ސަބަބުން ނެވެ. މި ދިރާސާއާއި އެކު ދިރާސާ ކުރެއްވި ޓީމުން ބުނެފައި ވަނީ މީގެ ކުރިން ހޯދިފައިވާ ބައެއް ހޯދުން ތަކުން، މަދުން ސިނގިރެޓު ބޯ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ދަށް ކަމަށް ހޯދިފައިވާ ހޯދުމާއި ގުޅުވައިގެން، މަދުން ސިނގިރޭޓު ބޯ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ދަށްވާނެ ކަމަށް މީހުންގެ މެދުގައި ގަބޫލުކުރެވިފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ