[HEADER BANNER]
[AD]

"ޓިނު ހަރުގެ" ނަގަން ސަރުކާރުން އަންގައިފި

 

ތެޔޮ ބަނޑަހައާ އިންވެގެން އިރުމަތީ ފަރާތުގައި ހަދާފައި ހުރި "ޓިނު ހަރުގެ" (ނަލަމައިޒާން) ނަގަން މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އަންގާފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ.

އިހަވަންދޫ ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު ޓިނު ހަރުގޭގައި ހަރުކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައި ވަނީ "މިރަށު ތެޔޮ ބަނޑަހައާ އިންވެގެން ހުރި ނަލަމައިޒާން އެތަނުން ނެގުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ވަނީ އަންގާފައި" ކަމަށާއި، "ނަމަވެސް ނަލަމައިޒާނަކީ ދަތުރުވެރިންނާއި މި ރަށުގެ ރައްޔިތުންވެސް ބޭނުން ހިފަމުންދާ ތަނަކަށް ވަތީ ލޭންޑް އެންޑް ސާވޭ އޮތޯރިޓީގައި ދަންނަވައިގެން މި މައިޒާން ނުނަގައި މަޑުޖައްސައިލުމަށް މި ގެންދަނީ މަސައްކަތް ކުރަމުން" ކަމަށާއި، "މިހެންވެ، ނަލަ މައިޒާންގެ ބޭނުން ހިފަމުންދާ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި" އެ ވާހަކަ ދެންނެވީކަމަށެވެ.

ދާދިފަހުން ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ވަނީ އިހަވަންދޫން ގޯތިދިނުން ވެސް ހުއްޓުވާފައެވެ. އަދި މި ނޫންވެސް އެހެން ވެސް ފިޔަވަޅުތައް އަޅާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ