[HEADER BANNER]
[AD]

އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން 3 މަހަށް ސަސްޕެންޑް ކޮށްފި!

31 ޖެނުއަރީ 2018 7

އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން 3 މަހަށް ސަސްޕެންޑްކޮށް ކައުންސިލްގެ ހިންގުން ޒިންމާދާރު އިސްވެރިޔާއާއި ހަވާލުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔައަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުންނެވެ. ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާކަން ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުވަނީ މިނޫހަށް ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑްކުރަން ނިންމާފައިވަނީ 30 ޖުނުއަރީގައި ބޭއްވި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބައްދަލުވުމުގައެވެ. އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑްކުރިކަން އަންގައި އިހަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު އިބްރާހިމަށް އެޑްރެސްކޮށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިރޭ ފޮނުވި ސިޓީގައި ބުނެފައި ވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ކައުންސިލަރުން ސަސްޕެންޑުކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް ކަމަށް ވެސް އެ ސިޓީގައިވެއެވެ. އަދި ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި ފަރުދީގޮތުން ލިބެންޖެހޭ ޚިދުމަތެއް ލިބިގަތުމަށް ވިޔަވައި، އެހެން ބޭނުމަކު ކައުންސިލް އިދާރާގެ ތެރެއަށް އެ ކައުންސިލަރުން ވަނުމަކީ މަނާކަމެއް ކަމަށް ވެސް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ. އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 5 ކައުންސިލަރުންވެސް ނިސްބަތްވަނީ އިދިކޮޅު އެމްޑީޕީއަށެވެ.

އެލްޖީއޭއިން ކައުންސިލަރުން ސަސްޕެންޑްކުރިކަން އަންގައި ކައުންސިލްގެ ޒިންމާދާރުވެރިޔާއަށް ފޮނުވާފައިވާ ސިޓީގައިވާގޮތުން ކައުންސިލަރުން ސަސްޕެންޑްކުރީ އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގެ މުނާސަބާތާއިގުޅިގެން ކައުންސިލުން އަމަލުކޮށްފައިވަނީ ޤައުމީފެންވަރުގައި ކައުންސިލަކުން އަމަލުކޮށްގެންވާނޭފަދަ ގޮތަކަށް ނޫންކަމަށާއި، ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވަނީ މުޖުތަމައުގެ ހަމަޖެހުންގެއްލި، ސަރުކާރު ބަދުނާމުވާނެފަދަ ގޮތަކަށް ކަމަށާއި އަދި އެފަދަ މުނާސަބާތަކާއިގުޅިގެން ސަރުކާރުގެ އިދާރަތަކަށް ދޭންޖެހޭ އެއްބާރުލުންދިނުމުގެ ރޫޙު ކައުންސިލްގެ މެމްބަރުންގެ ކިބައިން ނުފެންނަކަމަށް އެލްޖީއޭގެ ބޯޑަށް ފެނުމުންކަމުގައެވެ.

ފާހަގަކުރެވޭގޮތުގައި ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ މިދަނޑިވަޅަކީ އިހަވަންދޫގައި، އިދިކޮޅު ފަރާތްތަކުން ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެކެވެ. އަންނަ ހުކުރުދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާގެ ތައްޔާރީ ތަކުގައި 5 ކައުންސިލަރުންވެސްދަނީ ހަރަކާތްތެރިވަމުންނެވެ.

އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 5 ކައުންސިލަރުންނަކީ އަލްފާޟިލް ޢަބްދުﷲ ހަލީލް، އަލްފާޟިލް އަޙްމަދު ރިޟްވާން، އަލްފާޟިލް މުޙައްމަދު ރަޝީދު، އަލްފާޟިލް ޢަލީ ރަމީޒު އަދި އަލްފާޟިލް މުޙައްމަދު މަފާޒު އެވެ.

 

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަރުކާރާ ދެކޮޅަށް އިހަވަންދޫގައި ބާއްވާ ބޮޑު ޖަލްސާއަށް ހުރަސް އެޅުމަށްޓަކައި ސަރުކާރުން ދަނީ ހުރިހާ ބާރެއް ބޭނުންކުރަމުން․ ސާބަހޭ ޔާމިނޫ․

– 31 ޖެނުއަރީ 2018 1

ޝުކުރިއްޔާ ރައީސް ޔާމިން․ އިހަވަންދޫގެ ކައުންސިލަރުން ސަސްޕެންޑު ކުރަން ލަސްވެއްޖެ އެވެ․ އާނފަހެ ޤައުމީ ބޮޑުކަމެއް (މަސްވެރިންގެ ދުވަސް) ފާހަގަ ކުރަން ރަށް ތައްޔާރު ނުކުރާ ވަރަށް އެމްއޯޔޫގެ ޖަލްސާ އަށް އިހަވަންދޫ އެއޮތީ ތައްޔާރުކޮށްފަ․ އެމްޑީޕީގެ 5 ކައުންސިލަރުނ ނުފޫޒުގެ ބޭނުން ކޮށްގެން އިހަވަންދޫގައި ތިބި ޕީޕީއެމްގެ އިސްބޭފުޅުންވެސް ނެރެގެން ކުރި މަސައްކަތުން މިހާރު އިހަވަންދޫ ބަނދަރުމައްޗަށް ހީވަނީ 3 ޢީދު އެއްފަހަރާ އައިސްފަ އޮތްހެން․ މަސްވެރިންގެ ދުވަސް ފާހަގަ ކުރަންވެސް ހަމަ މިވަރަށް ތައްޔާރު ވާން ޖެހޭނެ ދޯ․ ހަމަ ސަސްޕެންޑު ކުރަން ޖެހޭ․

– 31 ޖެނުއަރީ 2018 2

ehen vaanee bodethi magaamuthah libuneemaves magumatheege hurumaikandaa bakarithaken feli halhey lavan ulhuneema

– 1 ފެބުރުއަރީ 2018 0

maa lasves vejje thikan kuran.. sarukaaruge ageh noon mulhi mi rashuge aguves vattaali mehmaanunge kurimatheega.. Ihavandhooge nan kilanbu kuribaeh thee.. raiiythun hoveema raiyyithunah haraankoaru v

– 1 ފެބުރުއަރީ 2018 0

އަމިއްލަފަރުދެއްގެ މަސްލަހަތު ހިމާޔަތްކުރަން އެޅިފިޔަވަޅެއް․ އެކަން ވަރަށްއަވަހަށް ފެނިގެންދާނެ․ އެންމެފަރުދަކަށްޓަކާ ހުރިހާއެންމެން ސަސްޕެންޑް․

– 1 ފެބުރުއަރީ 2018 0

ހަމައެކަނި އިހަވަންދޫއެއް ނޫން އިނގޭތޯ! މުޅި އުތުރަށް ހުތުރު އެރުވި ބައެއް މިނޫނީ ނެތް․ ލޮލް!!!

– 1 ފެބުރުއަރީ 2018 1

އިހަވަންދޫ ކައުންސިލުން ކުރަމުންދާ ނަމޫނާ މަސްކަތް ހުއްޓުވަންކުރިކަމެއް

– 1 ފެބުރުއަރީ 2018 0