[HEADER BANNER]
[AD]

އިހަވަންދޫގައި ރައީސް ޔާމީނަށް ތައީދުއޮތްމިންވަރު ދައްކާލައިފި

3 ފެބުރުއަރީ 2018 9

އިހަވަންދޫގައި ރައީސް ޔާމީނަށްއޮތް ތާއީދު ދައްކާލުމަށް އެއްވުމެއް ބާއްވާފިއެވެ. މިއަދު ހަވީރު އިހަވަންދޫ ޕީޕީއެމް އޮފީސްހުންނަ ސަރަހައްދުގައި އޮތް މިއެއްވުމުގައި، ރައީސްޔާމީނާއި މިސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ޖަމާވެ އެމީހުން ޝުއޫރު ފާޅުކޮށްފައިވެއެވެ. އެގޮތުން އެމީހުންގެ ޝުއޫރު ފާޅުކުރުމަށް އެއްވުމުގެ ބައެއް ބައިވެރިންތިބީ ޕޯސްޓަރުތަކެއް ހިފައިގެންނެވެ.

ގާތްގަނޑަކަށް 80-90 އާއި ދެމެދު އަދަދެއްގެ މީހުން މިއެއްވުމުގައި ބައިވެރިވެފައިވާއިރު، އެއްވުމުގެ ބައިވެރިއެއްކަމަށްވާ ސަމަދުބެ ހުރީ "5000ރ ޔަގީން" ކަމަށާއި އެކަމަށް ޝުކުރުވެރިވާކަމަށް ލިއެފައިވާ ބޯޑެއް ހިފައިގެންނެވެ. މީގެއިތުރުން "ތަރައްޤީގެ ބާނީ"، "މިއަޒުމެއް ނުގުޑާނެ"، "ބޭނުމީ ރައީސް ޔާމީން" ފަދަ ޝުއޫރުތައް މިއެއްވުމުން ފެނިގެންދިޔައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެފައިވާ މިދަނޑިވަޅުގައި، މުޅިރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕީޕީއެމްއިންވަނީ މިފަދަ އެއްވުންތަކެއް ބާއްވާފައެވެ. މިއަދު ޕީޕީއެމުން ބޭއްވި އެއްވުންތަކަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާން އަންގާފައިވާކަން ވަނީ ހާމަވެފައެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ މުވައްޒަފުން ނިކުތުމަށް ކުންފުނީގެ އިސްވެރިން ވައިބާ ގްރޫޕްތަކަށް ފޮނުވާ މެސެޖްތައް ވަނީ އާންމުވެފަ އެވެ.

[BOTTOM CONTENT BANNER]
ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަރުކާރު މުވައްޒަފުންނަށް އެވަރަށް ބިރު ދެއްކީމަވެސް އިހަވަންދޫން ނެރެވުނީ މަދު ބަޔަކު․ އެހެންވީމަ އިހަވަންދޫން ޔާމިނު އަށް މިބުނީ ނޯ އޭ․

– 3 ފެބުރުއަރީ 2018 1

އަހަންނަކީ ޕީޕީއެމްގެ މެމްބަރެއް․ ރަށުގަހުރެމެ ތިޔަ އިވެންޓަށް އަހަރެން ނުދިޔައީ، ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރަށް އަހަރަމެންގެ ސަރުކާރު ތަބާނުވާތީ، ކަންތައް މިވީ ހީކުރި ގޮތަކަށް ނޫން․ އަހަރެމެންގެ ރައީސް ވެރިކަން ކުރަން މިއުޅެނީ ރައީސް ނަޝީދަށް ވުރެއްވެސް ގޯސްކޮން․

– 3 ފެބުރުއަރީ 2018 1

ސުޕުރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރިޔަ ނުދިނުމަށްޓަކައި ސަރުކާރުން ހިންގާ ޖަރީމާތަކަށް ތާއިދު އޮތްކަން ދެއްކުމަށްޓަކައި އިހަވަންދޫގެ ގިނަ ބަޔަކު ނުނުކުތް ކަމީ ވަރަށް އުފައުވެރި ކަމެއް․ ޖަރީމާތަކަށް އިހަވަންދޫން ނޫނެކޭ ބުނެފި․ ވަރަށް އުފައުވެރި․

– 3 ފެބުރުއަރީ 2018 1

މީހަކު އަޖައިބެއް ނުވާނެތޯ؟ ރާއްޖޭގެ އެންމެ މަތީ ކޯޓުން ހުކުމް ކުރީމަ އެ ހުކުމަށް ތަބާ ނުވާ ރައީސަކަށް ތާއިދު އޮތްކަން ދައްކަން މިއުޅެނީ․ މީ ދެން ކޮންފަދަ ލަދުވެރި ކަމެއް․

– 3 ފެބުރުއަރީ 2018 2

މުވައްޒަފުންނަށް ވަޒީފާގެ ބިރު ނުދައްކާވެސް ތިފަދަ އެއްވުންތައް އެއްވިދާނެންނު․ ބޮޑު ކަމެއް ދެން․ މަޖުބޫރުން ތާއިދު ހޯދަން ނޫޅެބަލަ،․

– 3 ފެބުރުއަރީ 2018 2

ފޭސްބުކު ޕޯސްޓުން ފެންނަ މިހަރަކާތުގެ ހުރިހާ ފޮޓޯތަކެއް ބަލާއިރު އެބަފެނޭ ކެމެރާ އަށް އަރާފާނެތީ ބިރުން އުޅޭ 4 މީހުން․ މިަކަމުން ޔަގީން ވަނީ މިމީހުން މި ހަރަކާތަށް އައިސް އެތިބީ މަޖުބޫރުންނޭ․

– 4 ފެބުރުއަރީ 2018 1

ތާއިދު އޮތްކަން ދެއްކުމަށްޓަކައި އިންތިޒާމު ކުރީ ހިނގާލުމެއް. ނަމަވެސް ހިނގާލުމަކަށް ނުކުންނަ ވަރަށް މީހުން ނެތުމުން ދެން އުޅުނީ ޝުއޫރު ފާޅުކުރުމުގެ އެއްވުމެއް ބާއްވަން. ނަމަވެސް ޝުއުޜު ފާޅު ކުރަން ހުޅުވާލުމުން އެކަން ކުރާނެ މީހަކުވެސް ނުވި. ދެން އިވެންޓު ނިންމާލާފަ އެންމެން ގެއަށް ދިޔައީ. މީ އިއްޔަ ވީ ގޮތަކީ... ފެނިގެން މިދިޔައީ އިހަވަންދޫގައި ރައީސް ޔާމިނަށް ތާއިދު އޮތް މިންވަރެވެ. މުސްކުޅިން ބުނާތީއަޑުއަހަމެވެ. ނުކުންނާނީ ދިޔަހުރި އެއްޗެއް ފެލައިގެންނެވެ.

– 4 ފެބުރުއަރީ 2018 2

އިހަވަންދޫ އެންމެ ތިބީ ރައީސް ޔާމީނާ އެކީ!!! ސުކުރިއްޔާ ރައީސް ޔާމީން!!!

– 7 ފެބުރުއަރީ 2018 0

ތީގައިން ވެސް ތިދައްދެނީ ސުޕުރީމް ކޯޓުން ނެރުނު އަމުރުގައި ކަންތައްގަނޑެއް އުޅޭކަން!!

– 7 ފެބުރުއަރީ 2018 0