[HEADER BANNER]
[AD]

އަހަރީ ބަޖެޓް ފާސްކުރި ކައުންސިލް ތަކުގެތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނިއްޖެ

15 ފެބުރުއަރީ 2018 1

ލާމަރުކަޒީ ގާނޫނުގައި ބުނާ މުއްދަތުގައި މިއަހަރުގެ ބަޖެޓް ފާސްކުރި 178 ކައުންސިލްގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނިއްޖެއެވެ. ލާމަރުކަޒީ ގާނޫނުގައި ވާގޮތުން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ގާނޫނުގައި ބުނާ މުއްދަތުގައި މިއަހަރުގެ ބަޖެޓް ފާސްކުރީ 17 އަތޮޅު ކައުންސިލަކާއި 161 ރަށު ކައުންސިލަކުންނާއި 2 ސިޓީ ކައުންސިލަކުންނެވެ.

ލާމަރުކަޒީ ގާނޫނުގެ 96 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލަށް ލިބޭ އާމްދަނީ އާއި އެކިގޮތްގޮތުން ލިބޭ އެހީ އާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލް ބަޖެޓް ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރަންޖެހެ އެވެ. އަދި އެއްވެސް ސަބަބަކާ ހުރެ އެ ދުވަހަށް ބަޖެޓް ފާސްނުކުރެވިއްޖެނަމަ ކައުންސިލުން ފާއިތުވެދިޔަ އަހަރު ފާސްކުރި ބަޖެޓް ރިކަރަންޓް ހަރަދަށްވުރެ އިތުރުނުވާ ގޮތަށް ރިކަރަންޓް ހަރަދު ކުރުމުގެ އިހްތިޔާރު ކައުންސިލްގެ ރައީސަށް ލިބިގެންވެ އެވެ. އަދި މި އަހަރުގެ ބަޖެޓް ފާސްވަންދެން ކައުންސިލްގައި އެނޫން ކަމަކާ ގުޅޭގޮތުން މަޝްވަރާނުކުރެވޭނެ އެވެ.

އިހަވަންދޫ ކައުންސިލުން ޤާނޫނާއި އެއްގޮތަށް ބަޖެޓް ފާސްކޮށްފައިވީނަމަވެސް. 2017 ވަނައަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓް، ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެލްޖީއޭއަށް ފޮނުވާފައެއްނުވެއެވެ. މިދިޔައަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުން އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން 3 މަހަށް ސަސްޕެންޑްކޮށް ކައުންސިލްގެ ހިންގުން ޒިންމާދާރު އިސްވެރިޔާއާއި ޖެނުއަރީ މަހުގެ 31 ވަނަދުވަހުން ފެށިގެންވަނީ ހަވާލުކޮށްފައެވެ.

ކައުންސިލުން 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މައުލޫމާތު 21 ޖެނުއަރީގައި އާނމުކޮށްފައިވާއިރު، 4.9 މިލިއަން ރުފިޔާ އެއިއެކި ކަންކަމަށް ބަޖެޓްކޮށްފައިވެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބަލަ ތިކަމުގެ އިނާމެއްގެ ގޮތުން ނޫންތޯ އެވަނީ ކައުންސިލަރުން ސަސްޕެންޑު ކޮށްފަ․

– 15 ފެބުރުއަރީ 2018 1