[HEADER BANNER]
[AD]

އިހަވަންދޫ މުޒާހަރާ: ބައެއް މީހުންނަށް އަނިޔާވިއިރު އެއްބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

24 ފެބުރުއަރީ 2018 1

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަދުވަހު ކުރި އަމުރު ތަންފީޒްކުރުމަށް ގޮވާލާ ރޭ އިހަވަންދޫގައި، އިދިކޮޅު ފަރާތްތަކުން ހިންގި ކުއްލި ހަރަކާތުގައި 5 މީހަކަށް އަނިޔާވިއިރު 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއައީ އަލީ އިބްރާހިމް، ނައުފަލް އަދި ސައިފުއެވެ. މި 3 މީހުންވެސް ވަނީ ރޭގެވަގުތެއްގައި ދޫކޮށްލާފައެވެ. އަދި މިމުޒާހަރާގައި އަނިޔާވި 5 މީހުންވެސްވަނީ އިހަވަންދޫ ސިއްހީމަރުކަޒުން ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ.

ރޭގެ 8:15 ހާއިރު، އިހަވަންދޫ ސަމީނާމަންޒިލްގައި ހުންނަ އެމްޑީ ޒުވާނުންގެ ހަރުގެ ކައިރިން ފެށުނު މިއެއްވުން ހޫނުވެގެންދިއައީ އެއްވުމުގެ ބައިވެރިން ބޭނުންކުރި ބެނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފުލުހުން މަސައްކަތްކުރުމުންނެވެ. އެގޮތުން އެބެނާ އަތުލުމަށް ފުލުހުންކުރި މަސައްކަތުގައި ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ. އަދި ހަމަ އެހެންމެ އެއްވެފައިވާ އާނމުންގެ ބައެއްމީހުންވެސް ފުލުހުންނާއި ކުރިމަތިލައި ވެއްޔާއި ފެންޖެހި މަންޒަރު ފެނިގެންދިޔައެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ހަރަކާތްތައް ހިންގަން ސަލާމަތީ ހިދުމަތްތަކުން އެއްބާރުލުން ދިނަސް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ހުރަސްއަޅާތީ، އެފަރާތްތަކަށްވަނީ ވަރަށްބޮޑަށް ފާޑުކިޔުން ކުރިމަތިވެފައެވެ.

[BOTTOM CONTENT BANNER]
އެމްޑީޕީ އިހަވަންދޫ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކޮބާ މިރުސްޕެކެޓް ވާހަކަ․ މީޕީޕީކޮޅަށްޖެހި ލިޔެފަވާ ޙަބަރެއް

– 24 ފެބުރުއަރީ 2018 0