[HEADER BANNER]
[AD]

އިހަވަންދޫ ކައުންސިލްގެ ސަސްޕެންޝަނަށް ތާއިދުކުރަނީ %23 ކިޔުންތެރިން

25 ފެބުރުއަރީ 2018 0

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން 3 މަހަށް ސަސްޕެންޑްކޮށްފައިވާއިރު، އެސަސްޕެންޝަނަށް ތާއިދުކުރަނީ މިނޫހުގެ %23 ކިޔުންތެރިންކަން ހާމަވެއްޖެއެވެ. މިމަހުގެ 15 އިން ފެށިގެން ފަސްދުވަހަށް މިނޫހުން ހިންގި ހިޔާލުހޯދުމުގެ ނަތީޖާ ދައްކާގޮތުން ވޯޓް ލާފައިވާ ކިޔުންތެރިންގެ %77 އެލްޖީއޭގެ ނިންމުމަށް ތާއީދެއް ނުކުރެއެވެ.

އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން 3 މަހަށް ސަސްޕެންޑްކޮށްފައިވަނީ މިދިޔައަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުންނެވެ. ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށެވެ. އަދި ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި ފަރުދީގޮތުން ލިބެންޖެހޭ ޚިދުމަތެއް ލިބިގަތުމަށް ފިޔަވައި، އެހެން ބޭނުމަކު ކައުންސިލް އިދާރާގެ ތެރެއަށް އެ ކައުންސިލަރުން ވަނުންވެސްވަނީ މަނާކޮށްފައެވެ.

އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 5 ކައުންސިލަރުންނަކީ އަލްފާޟިލް ޢަބްދުﷲ ހަލީލް، އަލްފާޟިލް އަޙްމަދު ރިޟްވާން، އަލްފާޟިލް މުޙައްމަދު ރަޝީދު، އަލްފާޟިލް ޢަލީ ރަމީޒު އަދި އަލްފާޟިލް މުޙައްމަދު މަފާޒު އެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ