[HEADER BANNER]
[AD]

ޓިނުހަރުގެ ރޫޅާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ

21 މާރިޗު 2018 3

ފުލުހުން ޓިނުހަރުގެ ރޫޅާލުމުގެ މަސައްކަތް ކުރަނީ.

އިހަވަންދޫ ދެކުނު ފަރާތު ބަނދަރުމަތީ އިރަށް ހުރި ތެޔޮ ބަނޑަހައާ އިންވެގެން އިރުމަތީ ފަރާތުގައި ހަދާފައި ހުރި "ޓިނު ހަރުގެ" (ނަލަމައިޒާން) ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދެއެވެ.

މިމަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ އިހަވަންދޫ ޕޮލިސްސްޓޭޝަނުގައި މަސައްކަތް ކުރައްވާ ބައެއް ފުލުހުންނާއި އެކު މިއަދު އިހަވަންދޫއަށް ވަޑާގަތް ފުލުހުންގެ ޓީމެކެވެ.

ފުލުހުން ނަލަމައިޒާން ރޫޅާލަން ފަށާފައި މިވަނީ ނަލަމައިޒާން އޭ ކިޔާ އިމާރާތް ރޫޅައި އެބިން ހުސްކުރުމުގެ މަސައްކަތް މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާތީ އެބިމުގައި އެއްވެސް ފަރާތެއްގެ މުދަލެއް ވާނަމަ ، އެއެއްޗެއް ރޭގެ 11:00 ގެ ކުރިން ގެންދިއުމަށް އެދިފައި ވަނިކޮށެވެ.

 ފުލުހުން މިމަސައްކަތް ކުރަމުން ދަނީ ޓިނުހަރުގެ ހުރި ހިސާބު އާއްމު ފަރާތްތަކަށް ނުވަދެވޭނެހެން ކޯޑަން ދަމާ ބަންދު ކޮށްގެންނެވެ. މިއަދު ފުލުހުން ޓިނުހަރުގެ ރޫޅާލަން ދިޔައިރުވެސް އެތަނުގައި ހުރި އެއްވެސް އެއްޗެއް ނަގާފައި ނުވާކަން ފާހަގަ ކުރެވެއެވެ. ޓިނު ހަރުގެ ރޫޅާ، އެތަނުން ނެގި ޑިޝް އެންޓަނާ އާއި ޓީވީއާއި އަދިވެސް ބައެއް ތަކެތި އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ގެންގޮސްފައިވާއިރު، ބައެއް ތަކެތި ކުރީގެ ކާޑުގެ އިމާރާތް ހުރި ހުސްބިމަށް ފުލުހުން ދަނީ ގެންދަމުންނެވެ.

ފުލުހުން މިމަސައްކަތް ކުރަމުން ދާއިރު، ސަސްޕެންޑު ކޮށްފައިވާ އިހަވަންދޫގެ ބައެއް ކައުންސިލަރުން އެސަރަހައްދުގައި ތިއްބެވި ކަން ފާހަގަ ކުރެވެއެވެ.

އިހަވަންދޫ ކައުންސިލުން މިއަހަރުގެ ޖެނުވަރީ 21 ވަނަ ދުވަހު  ޓިނު ހަރުގޭގައި ހަރުކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައި ވަނީ "މިރަށު ތެޔޮ ބަނޑަހައާ އިންވެގެން ހުރި ނަލަމައިޒާން އެތަނުން ނެގުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ވަނީ އަންގާފައި" ކަމަށާއި، "ނަމަވެސް ނަލަމައިޒާނަކީ ދަތުރުވެރިންނާއި މި ރަށުގެ ރައްޔިތުންވެސް ބޭނުން ހިފަމުންދާ ތަނަކަށް ވަތީ ލޭންޑް އެންޑް ސާވޭ އޮތޯރިޓީގައި ދަންނަވައިގެން މި މައިޒާން ނުނަގައި މަޑުޖައްސައިލުމަށް މި ގެންދަނީ މަސައްކަތް ކުރަމުން" ކަމަށެވެ. އޭގެ ފަހުން ޖެނުވަރީ 30 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ އިހަވަންދޫގެ 5 ކައުންސިލަރުން 3 މަސްދުވަހަށް ސަސްޕެންޑު ކޮށް، ކައުންސިލްގެ ހިންގުން އިހަވަންދޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާއާއި ހަވާލުކޮށްފައެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ދެން އަތްޖަހާ․

– 21 މާރިޗު 2018 0

ރައްޔޮތުންގެ ޓިނުކޮޅު ގެންދިއުމީ ވަރަށް ދެރަކަމެއް․

– 21 މާރިޗު 2018 0

ޒިންމާދާރު އިސްވެރިތާ ލައްވާ ހިންގެންހުރި ހުރިހާ ޖަރީމާތަކެއް ހިންގާނެ․

– 22 މާރިޗު 2018 0