[HEADER BANNER]
[AD]

ބަދަރު ސަރަޙައްދުގައި ގަވާއިދާހިލާފަށް ބަހައްޓާފައިހުރި ތަކެތި ނަގަން އަންގައިފި

2 އޭޕުރީލު 2018 0

ބަނދަރު ސަރަހައްދުގައި މުދާ ބާލަނީ. ފޮޓޯ: މާޖި ފޮޓޯގްރަފީ

އިހަވަންދޫ ބަނދަރު ސަރަޙައްދުގައި ޤަވާޢިދާއި ޚިލާފަށް، އެކި ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފިއެވެ. މިދިޔަ މާރިޗް މަހުގެ 21 ވަނަދުވަހު އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވަނީ، ރަށުގެ ވާޓަރު ކައިރީގައި ޤަވާޢިދާއި ޚިލާފަށް އެކި ފަރާތްތަކުން ތަފާތު ތަކެތި ބަހައްޓާފައި އެބަހުރިކަމަށާއި، ރަށުގެ ވާޓަރު ކައިރީގައި ސިމެންތި، ހިލަ، ހިލަވެލި، ފުނިޖަހައި، ސަތަރި އަޅައި ނިވާކޮށް ބަހައްޓައިގެން ބައެއް ފަރާތްތަކުން ވިއްކަމުން ގެންދާ ޝަކުވާވެސް އެކައުންސިލަށް ލިބެމުންދާކަމުގައެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ވާޓަރު ކައިރީގައި ޤަވާޢިދާއި ޚިލާފަށް އެކި ފަރާތްތަކުން ތަފާތު ތަކެތި ބަހައްޓާފައި ހުރުމުން ހިނގާ މީހުންނަށާއި، ދުއްވާ ތަކެއްޗަށާއި، އަދި ދަތުރު ވެރިންނަށްވެސް ތަފާތު އުނދަގޫތަކާއި، ދަތިތައްކުރިމަތިވެއެވެ.

އިހަވަންދޫ ރަށުކައުންސިލުން އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ރަށުގެ ބަނދަރު ބެލެހެއްޓުމުގެ ޤަވާޢިދުގައި ވާގޮތުން، ރަށުގެ ބަނދަރުގައި އޮންނަ އުޅަނދަށް އެރުވުމަށް، ނުވަތަ އުޅަނދުން ބޭލުމަށްފަހު ބަނދަރު ސަރަޙައްދުގައި މުދާ ބެހެއްޓޭނީ އެންމެ ގިނަވެގެން 24 ( ސައުވީސް ) ގަޑިއިރަށެވެ. އަދި މުދާއަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަހައްދަށް އެޅޭ ކުނިބުނިފަދަ ތަކެތި ގިނަވެގެން 5 ގަޑި އިރުތެރޭގައި އެމަސައްކަތް ކުރި ފަރާތަކުން ނަގައި ސާފުކުރަން ޖެހޭނެއެވެ. ނަމަވެސް، ބަނދަރުގެ ވާޓަރު ސަރަހައްދުގައި މުދާބާލައި ބެހެއްޓުމަށް ބަހައްޓާފައި ހުންނަ ޕަލެޓުތަކާއި، ހިލަ ގޯނިތަކުން އެޅިފައި ހުންނަ ހިލައިގެ އިތުރުން، ތަފާތު ކުނިބުނިތަކުން ހަޑިވެފައިވާކަން ފާހަގަކުރެވެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ