[HEADER BANNER]
[AD]

ޕީޕީއެމްއިން އިހަވަންދޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ

19 އޭޕުރީލު 2018 0

"އަހުން ވެސް ރައީސް ޔާމީން އާއި އެކު" ގެ ނަމުގައި ބޮޑު ޖަލްސާއެއް އިހަވަންދޫގައި ބާއްވަން ނިންމައިފިއެވެ. ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕޭން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މިޖަލްސާ އޮންނާނީ މާދަމާރޭ 20:30 ހުގައި އިހަވަންދޫ ބަނދަރު ސަރަހައްދުގައެވެ.

"އަހުން ވެސް ރައީސް ޔާމީން އާއި އެކު" ގެ ނަމުގައި ބާއްވާ މިޖަލްސާގައި ޕީޕީއެމް ލީޑަރޝިޕްގެ އިސްބައެއް ބޭފުޅުން ވެސް ބައިވެރިވާނެކަން އިއުލާންކޮށްފައިވާއިރު މިޖަލްސާއަކީ ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަ ކުރުމަށް ބާއްވާ ޖަލްސާއެކެވެ.

[BOTTOM CONTENT BANNER]
ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ