[HEADER BANNER]
[AD]

ޖޭއޭ މަނަފަރުން ހަދިޔާކުރި ކަދުރު ކައުންސިލުން ބަހަނީ

ޖޭއޭ މަނަފަރު ރިޒޯޓްގެ ފަރާތުން ހަދިޔާކޮށްފައިވާ ކަދުރު، އިހަވަންދޫ ކައުންސިލުން ގޭގެއަށް ބަހަމުން އެބަދެއެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ސައޫދީން ރާއްޖެއަށް ގިނަ އަދަދެއްގެ ކަދުރު ހަދިޔާކުރުމުން އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށްއެ ކަދުރު ބަހަމުން ދެއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އިސްލާމިކް މިނިސްޓްރީން ކަދުރު ބަހާފައެއް ނުވެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، މަނަފަރު ރިސޯޓުން ހަދިޔަކޮށްފައިވާ ކަދުރު، ކޮންމެ ގެއަކަށް ޕެކެޓެއްގެ މަގުން ބަހަމުން ދާކަމަށާއި މިހާރު ގާތްގަނޑަކަށް 3/2 ގެއަށް ކަދުރު ބެހާފައިވާކަމުގައެވެ. ރަޝީދު ވިދާޅުވީ ގޭގެއަށް ކަދުރުބެހުމަށްފަހު ކަދުރު ބާކީވާނަމަ އެކަދުރު މިސްކިއްތަކަށް ލާނެކަމަށާއި އަދި އެއަށްފަހު ބާކީވާނަމަ މުއައްސަސާތަކަށް ދޭނެކަމަށެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ސައޫދީން ރާއްޖެއަށް ގިނަ އަދަދެއްގެ ކަދުރު ހަދިޔާ ކުރެ އެވެ. އެގޮތުން މިދިޔަ އަހަރުވެސް 50 ޓަނުގެ ކަދުރު ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އެވެ. އޭގެ ކުރީ އަހަރުވެސް 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކުރިއެވެ. އެ ހުރިހާ ކަދުރެއް ރޯދައިގެ ކުރިން ބަހަ އެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ