[HEADER BANNER]
[AD]

ޝެއިޙް ފަރީދުގެ ދަރުސްތަކެއް އިހަވަންދޫގައި

އައްޝެއިޙް އިބްރާހިމް ފަރީދު އަޙުމަދު ދެއްވާ ޙާއްސަ ދީނީ ދަރުސްތަކެއް އިހަވަންދޫގައި ބާއްވަން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން ކުރިޔަށްގެންދާ މިދަރުސް ޕްރޮގްރާމް އޮންނާނީ މިމަހުގެ 25 ވާ ހުކުރުދުވަހުއެވެ.

އެގޮތުން ހުކުރު ދުވަހުގެ އަޞްރު ނަމާދަށްފަހު ޝެއިޙް ފަރީދުގެ ފުރަތަމަ ދަރުސް މަސްޖިދުލް ނަސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ތަރާވީޙް ނަމާދަށްފަހު މަސްޖިދުލް ތަޢުބާގައެވެ. އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި މިދަރުސް ޕްރޮގްރާމް ކުރިޔަށްގެންދަނީ ޖޭ.އޭ މަނަފަރު، އިހަވަންދޫ މަދަރުސާގެ ޕީޓީއޭ، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިމަގު އަދި ކްލަބް ޕޯލްސްޓާރގެ އެހީތެރިކަމާއިއެކުއެވެ. މި ދަރުސް ޕްރޮގްރާމްގައި ވީހާގިނަ ރައްޔިތުން ބައިވެރިވުމަށް ކައުންސިލުން އެދެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ