[HEADER BANNER]
[AD]

އިހަވަންދޫ ގޮނޑުދޮށަށްވެސް މަސްތުވާތަކެތި ލައްގަނީ!


އިހަވަންދޫ އުތުރު ފަރާތު ގޮނޑުދޮށުން ފެނުނު ޕެކެޓް.

ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތިދުވަހު އުރުނު އީރާނުބޯޓުގައި ހުރި، މަސްތުވާ ތަކެތިކަމަށް ބެލެވޭ އެއްޗެހި އިހަވަންދޫ ގޮނޑު ދޮށަށްވެސް ލައްގަން ފަށައިފިއެވެ. އެގޮތުން އިއްޔަ ހަވީރު އިހަވަންދޫ އުތުރުފަރާތު ގޮނޑުދޮށުން ކަޅުކުލައިގެ ރަބަރު ޕެކެޓެއްގައި ބަންދުކޮށްފައި އޮތް އެއްޗެއް އާމުންގެ ބަޔަކަށްވަނީ ފެނިފައެވެ. ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުންވަނީ އެޕެކެޓް ގެންގޮސްފައެވެ.

އަށް މީހުން ތިބި އެ ބޯޓުގެ މައުލޫމާތު ސިފައިންނަށް ލިބުމާއެކު އެ މީހުން ވަނީ ބޯޓުގައި ރޯކޮށްލުމަށް ފަހު ކަނޑަށް ފުންމާލައިފަ އެވެ. އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ ބޯޓުގައި ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި، މިއަތޮޅު އަތޮޅު އުލިގަމާއި މޮޅަދުއަށްވެސް ވަނީ ލައްގައިފަ އެވެ.

އީރާންގެ އެ ބޯޓްން ކަނޑަށް ފުންމައިލި 8 މީހުން އިހަވަންދޫއަށް ގެނެސްފައިވާއިރު، މިމައްސަލަ ތަހުޤީގުކުރުމަށް ގިނައަދަދެއްގެ ފުލުހުން އިހަވަންދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

main magah lahgalhey

– 2 ޖޫން 2018 0