[HEADER BANNER]
[AD]

ވޯޓު ލުމުގެ ހައްގު ލިބުނު އަދަދުގެ 76 އިންސައްތަ މީހުން ވޯޓު ލަނީ ރަށުގެ ފޮއްޓަށް

27 އޮގަސްޓު 2018 0

އަންނަ ސެޕްޓެމްބަރު  މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ އާއްމުކޮށްފައި ވާއިރު، ރިޔާސީ އިންތިހާބުގައި އިހަވަންދޫއިން ވޯޓް ލުމުގެ ހައްޤު ލިބިފައިވާކަމަށް ދައްކާ 2197 މީހުންގެ ތެރެއިން 76 އިންސައްތަ މީހުން ވޯޓު ލާނީ އިހަވަންދޫގެ ވޯޓު ފޮއްޓަށެވެ.

އިލެކްޝަންސް ކޮމިޝަން އިން އާއްމު ކޮށްފައިވާ ލިސްޓުގައިވާ ގޮތުން އިހަވަންދޫގައި ބަހައްޓާ ވޯޓު ފޮށި ނަންބަރު 1 (A02.05.1) އަށް ޖުމުލަ 799 މީހުން ރެޖިސްޓަރ ކޮށްފައި ވާއިރު ފޮށި ނަންބަރު 2 (A02.05.2)  އަށް ވަނީ 869 މީހުން ވޯޓު ލުމަށް ރެޖިސްޓަރ ކޮށްފައެވެ. އެހެންކަމުން އިހަވަންދޫގައި ބަހައްޓާ ދެ ފޮއްޓަށް، އިހަވަންދޫ އިން ވޯޓު ލުމުގެ ހައްގު ލިބިފައިވާ ޖުމުލަ 1668 މީހުން ވޯޓު ލާއިރު، އެހެނިހެން ރަށްތަކުގައި ވޯޓު ލުމަށް އިހަވަންދޫގެ 529 މީހަކު ވަނީ ރަޖިސްޓުރީ ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަން އިން ރޭ އާއްމުކުރި ރަޖިސްޓްރީގައިވާ ގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމުލަ 262،135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި އެ ލިސްޓާ ގުޅޭގޮތުން މައްސަލައެއް އޮތް ނަމަ އަންނަ ބުދަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅަން ޖެހޭނެ އެވެ.

ވޯޓާސް ރަޖިސްޓްރީއާ ގުޅޭ ޝަކުވާ ހުށަހަޅަން ޖެހޭނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމް" އިންނެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމުން ހުރިހާ ރަށެއްގެ ކައުންސިލްތަކުން، ހެނދުނު 8:30 އިން ހަވީރު 6:00 އާ ހަމައަށް އޮންނާނެ އެވެ. ރާއްޖެއިން ބޭރުގައި ނަމަ އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުންނާއި ކޮންސިއުލޭޓް އޮފީސްތަކުން ހެނދުނު 9:30 އިން ހަވީރު 4:00 އަށް އޮންނާނެ އެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުން ކަމަށް ވެސް އީސީން ބުންޏެވެ.

[BOTTOM CONTENT BANNER]
ރިޔާސީ އިންތިހާބު 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ