[HEADER BANNER]
[AD]

ޞިއްޙީމަޒުކަޒުގައި ހިންގީ ސިޔާސީ ހަރަކާތެއްކަމަށް ޤަބޫލެއް ނުކުރަން : ޝަހުމާ

30 އޮގަސްޓު 2018 5

އާމިނާ ދިޔޯ ސިއްޙީމަރުކަޒުގައި، އިއްޔަ ހަވީރު ކުރިޔަށްދިޔަ ހަރަކާތުގެ ތެރެއިން.

އާމިނާ ދިޔޯ ސިއްޙީމަރުކަޒަށް ސްކޭން މެޝިނެއް ސަރުކާރުން ފޯރުކޮށްދިނުން ފާހަގަކޮށް، އިއްޔަ އިހަވަންދޫ ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ހިންގި ހަރަކާތަކީ ސިޔާސީ ހަރަކާތެއްކަމަށް ޤަބޫލު ނުކުރާކަމަށް އާމިނާ ދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލާ ޝަހުމާ މޫސާ ވިދާޅުވެއްޖެއެވެ. ޝަހުމާ މިގޮތަށް ވިދާޅުވީ މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޝަހުމާ ވިދާޅުވީ މަރުކަޒުގެ ގޯތި ތެރޭގައި ފޮޓޮއަކަށް ހުއްޓިލުމީ ސިޔާސީ ހަރަކާތެއްކަމަށް ދެކިނުލައްވާ ކަމުގައެވެ.

މީގެ އިތުރުން، މެޝިން ޞިއްޙީމަރުކަޒަށް ގެނައީ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ޕީޕީއެމްގެ ކެމްޕެއިން މެޓީރިއަލް ހަރުކޮށްފައިހުރި ޕިކަޕެއްގައި ކަމުން އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން ޝަހުމާ ވިދާޅުވީ އެއީވެސް މައްސަލައެއް ކަމަށް ޤަބޫލުނުކުރައްވާ ކަމުގައެވެ. " އެއީ މަޒުކަޒުން ހިފާފައިވާ ލޮރީއެއް، އެއީ މައްސަލައެއްކަމަކަށް ނުދެކެން" ޝަހުމާ ވުދާޅުވިއެވެ. ޝަހުމާ ވިދާޅުވީ އެލޮރީގައި ކެމްޕޭން މެޓީރިއަލް ހަރުކުރީ "އެމީހުން" (ޕީޕީއެމް މީހުން) ކަމަށެވެ.

އިއްޔަ ހަވީރު އިހަވަންދޫއަށް ސްކޭން މެޝިން ގެނައި ވަގުތު، އިހަވަންދޫގެ ބަނދަރުމައްޗަށް ގިނަބަޔަކު އެއްވިއެވެ. އެއްވި ގިނަމީހުން ތިބީ ރައީސް ޔާމީންގެ ކެމްޕެއިން ޓީޝާޓް ލައިގެންނެވެ. އަދި ރައީސް ޔާމީންގެ ކެމްޕެއިން ބެނާދަމައި ސައުންޑް ހަރުކޮށްފައިވާ ލޮރީއެއް އެސަރަހައްދުގައި އޮތެވެ. ސްކޭން މެޝިން އާމިނާ ދިޔޯ ސިއްޙީމަރުކަޒަށް ގެންގޮސްފައިވަނީ އެލޮރީގައެވެ. އޭރު  އޭގައިހުރި ސައުންޑް ބޭނުންކޮށްގެން ރައީސް ޔާމީނަށް ތާއީދުކޮށް އަޑުއުފުލަމުންނެވެ. އެއަށްފަހު އެހަރަކާތުގައި ބައިވެރިވި ފަރާތްތަކުންވަނީ އާމިނާ ދިޔޯ ސިއްޙީމަރުކަޒުގެ ގޯތި ތެރޭ އެތުރި ފޮޓޯއެއް ނަގައި،  ޝުއޫރު ފާޅުކޮށްފައެވެ.

ޝަރުކާރުގެ މުދަލެއް ފާޅުގައި  ވަކިފަރާތެއްގެ ކެމްޕޭން ހަރަކާތެއްގައި ބޭނުންކޮށް، ނާޒުކް މެޝިނެއް ވަކިޕާޓީއެއްގެ އެކްޓިވިސްޓުންގެ އަތްމައްޗަށް ދޫކޮށްލާފައިވާތީއާއި ސަރުކާރުގެ އިމާރާތެއްގެ ތެރޭ ސިޔާސީ ހަރަކާތް ހިންގާފައިވާތީ އެކަމަށްވަނީ ފާޑުކިޔުން އަމާޒްވެފައެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ސިއްޙީ މަރުކަޒު, ރިޔާސީ އިންތިހާބު 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަޅޭ․ މަވާ ހީކުރީ ޕީޕީއެމް އިން ކުއްޔަށް ހިފި ޕިކަޕެއްކަމަށް އެއީ ޕިންކު ފޮތި އޮޅައިގެން ރަށުގަ ކެމްޕޭން ރެލީ ދުއްވީ․ ޝަހުމާ އެވދިދާޅުވީ އެއީ ސިއްހީމަރުަޒުން ފައިސާދީގެން ކަމަށް ޕިކަޕު ގެނައީ․ ފައްކަލޭ ދޯ؟

– 30 އޮގަސްޓު 2018 0

ވާ ވާ․ ސިޔާސީ އެއް ނޫން․ ސިޔާސީ ހަރަކާތެއް ނޫން․ ސުވާލެއް އުފެދޭނެ ޖާގަ އެއްވެސް ނެތް․

– 30 އޮގަސްޓު 2018 0

އެހެންވީމަ ސިއްހީމަރުކަޒުން ޕިކަޕު ކުއްޔަށް ހިފައިގެން ޕީޕީއެމް ހިނގާލުންތަކުގަ ބޭނުންކުރާ ހިސާބަށް ދިޔައީ ދޯ؟

– 30 އޮގަސްޓު 2018 0

ކަމަނާ ޤަބޫލު ކުރެއްވިޔަސް ނުކުރެއްވިޔަސް ސިޔާސީ ހަރަކާތެއް ވާނީ ސިޔާސީ ހަރަކާތަކަށެވެ․ އަދި އެ ސިޔާސީ ހަރަކާތަށް ހެލްތު މިނިސްޓުރީން ހަރަދު ކުރެއްވި ކަންވެސް ތިޔަ ވިދާޅުވެވުނީ އެވެ․

– 30 އޮގަސްޓު 2018 0

Hehe. Nubunnas engey e er siyaasee harakaatheh noon kan. Bayaku gaumee hedhumuga thibegen hingi gaumee harakaatheh. E harakaathah haradhu kuri faraai ves mioh engunee

– 31 އޮގަސްޓު 2018 0