[HEADER BANNER]
[AD]

އިހަވަންދޫއަށް ބޭނުންވާނެ އިތުރުކަމެއްނެތް – މުންޒިރު މޯޑް

30 އޮގަސްޓު 2018 4

މުހައްމަދު ރަޝީދު.

އިހަވަންދޫއަށް ހުރިހާކަމެއް ވެއްޖެކަމަށާއި އިހަވަންދޫއަށް ބޭނުންވާނެ އިތުރުކަމެއް ނެތްކަމަށް، އިހަވަންދޫ ކައުންސިލްގެ ކުރީގެ ކައުންސިލަރު މުހައްމަދު ރަޝީދު (މުންޒިރު މޯޑް) ވިދާޅުވެއްޖެއެވެ. މުހައްމަދު ރަޝީދު މިހެން ވިދާޅުވީ، އާމިނާ ދިޔޯ ސިއްޙީމަރުކަޒަށް ސްކޭން މެޝިނެއް ސަރުކާރުން ފޯރުކޮށްދިނުން ފާހަގަކޮށް، އިއްޔަ އިހަވަންދޫ ޞިއްޙީމަރުކަޒު ސަރަހައްދުގައި ހުންނަވައި ދެއްކެވި ވާހަކާގައެވެ.

މުހައްމަދު ރަޝީދު އިތުރަށްވިދާޅުވީ އަދިވެސް އުފާވެރި ހަބަރުތައް އެބަހުރިކަމުގައެވެ. " އަޅުގަނޑުމެނަށް އިންޝާﷲ މިއަންނަނީ ތަރައްޤީ ފުލުފުލުން، އަދިވެސް އުފާވެރި ހަބަރުތައް އެބަހުރި" މުހައްމަދު ރަޝީދު ވިދާޅުވިއެވެ. ވަރަށް ޖޯޝާއި ފޯރީގައި ވާހަކަދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ އެބޭފުޅާއަށް ޤަބޫލުކުރެވޭގޮތުގައި ރަށްރަށުގައި ތާއީދުނެތުމުން އިދިކޮޅު ކެނޑިޑޭޓް ފިލާ ހުންނެވީ ކޮލަންބޯގައި ކަމަށާއި އަދި އެބޭފުޅާގެ ނަންވެސް ވޯޓް ކަރުދާހުގައި އޮންނާނެހެން ހީނުވާކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އަދިކޮޅު ކެންޑިޑޭޓް ގަންނާކުރައްވާ ބިރުން ފިއްލަވާފައިވާ ކަމަށާއި ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތްކަމަށެވެ. އަދި ހަމައެކަނިހުރި ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައެވެ.

ސަރުކާރުން އާމުކޮށްފައިވާ ރައްވެހި ތަރައްޤީ ފޮތުގައި ވާގޮތުން މިސަރުކާރުންވަނީ 10 ދާއިރާއަކުން 18 މަސްރޫޢުއެއް ހިންގައިފައެވެ. އަދި މިމަސްރޫޢޫތަކުގެ އަގު 151.8 މިލިއަން ރުފިޔާއަށް އަރައެވެ. މުހައްމަދު ރަޝީދަކީ އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ކައުންސިލް މެމްބަރެކެވެ. ކަނައުންސިލްގެ ތިންވަނަ ދައުރުގެ އިންތިހާބުގައި ވާދަކުރެއްވިނަމަވެސް، ކައުންސިލަށް އިންތިހާބުވާވަރަށް ވޯޓް ލިބިފައެއް ނުވެއެވެ.

[BOTTOM CONTENT BANNER]
ރިޔާސީ އިންތިހާބު 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުހައްމަދު ރަޝީދު ހާދަހާވާ ދޮގެކޭ އެހެރެގެން ހަދަނީ․ ޔާމީން ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ 3 މަސްތެރޭ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށްވާނޭ ވެސް އަޑުގެ ކޮޅަށް އެއޮއް ގޮވަނީ․ މީ އަޅެ ކާކު ބުނި ވާހަކައެއްބާ؟

– 30 އޮގަސްޓު 2018 0

އިހަވަންދޫ ހަލާކު ވަނީ މިފަދަ ބޭބޭފުޅުންގެ ސަބަބުންނެވެ․

– 3 ސެޕްޓެމްބަރު 2018 0

ތިބާއަށް ކިތަންމެ ގިނަ ފައިސާއެއް އެބައިމީހުން ދިނެއްކަމަކު، އޭގެ މާނައެއް ނޫން އިހަވަންދޫއަަށް އިތުރަށް ބޭނުން އެއްވެސް ކަމެއް ނެތީޔޭ․ ވަރަށް ސަލާމް

– 4 ސެޕްޓެމްބަރު 2018 0

އެއީ ހުއްސެއް! <br>

– 5 ސެޕްޓެމްބަރު 2018 0