[HEADER BANNER]
[AD]

ފުލުހުންކަމަށް ބެލެވޭ ބަޔަކު އިދިކޮޅު ކޯލީޝަންގެ ކެމްޕެއިން ޕޯސްޓަރަށް ގެއްލުންދީފި

18 ސެޕްޓެމްބަރު 2018 4

އިދިކޮޅު ކޯލީޝަންގެ ކެމްޕެއިން ޕޯސްޓަރަށް ގެއްލުންދެނީ..

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓް އިބްރާހުމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމަށްޓަކައި ހއ އިހަވަންދޫގައި އިދިކޮޅު ކޯލީޝަނުން އިއްޔެ ތަތްކޮށްފައިވާ ޕޯސްޓަރުތަކެއް ދިވެހި ފުލުހުންކަމަށް ބެލެވޭބަޔަކު ވީދާ ހަލާކުކޮށްފިއެވެ. މިމަންޒަރު މިނޫހުގެ ރިޕޯޓަރުންނަށް ފެނިފައިވަނީ، އިދިކޮޅު ކޯލީޝަނުގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުންދޭތީ މިނޫހުން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބޭނުންކުރާ ޒާތުގެ ވޭނެއްގައި އައި ބަޔަކު ޕޯސްޓަރުތައް ހަލާކުކުރުމަށް، ކަޓަރު ފަދަ އާލާތެއް ބޭނުންކޮށްފައިވާއިރު އާދިއްތަ ދުވަހުގެރޭވެސްވަނީ އިދިކޮޅު ކޯލީޝަނުން އިހަވަންދޫއަށް ޙާއްސަކޮށްވެފައިވާ ވައުދުތައް ހިމަނައިގެން ހަރުކޮށްފައިވާ ބެނާތަކަކަށް ގެއްލުންދީފައެވެ.

ޕޯސްޓަރުތަކަށް ގެއްލުންދިންމީހުން، ވީދާފައިވަނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ޕޯސްޓަރުތަކެވެ. ގާސިމް އިބްރާހިމް އާއި މުހައްމަދު ނަޝީދަކީވެސް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ދެ ބޭފުޅުންނެވެ.

ކުށްވެރިން ޕްރޮމޯޓްވާ ގޮތަށް އެމީހުންގެ ފޮޓޯތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށް ފުލުހުންވަނީ އަންގާފައެވެ. ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ބޭނުންކޮށްގެން އެފަރާތްތައް ކުރިއަށްނެރެ ޝަހުސު އޮޅޭގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނުތަކާ ގަވާއިދާ ހިލާފު ހަރަކާތްތަކެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެފަދަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ފާސްކޮށްފައި ނުވާ ކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ.

ކުށްވެރިން ޕްރޮމޯޓްވާ ގޮތަށް އެމީހުންގެ ފޮޓޯތައް ބޭނުންކޮށްގެން ހަރަކާތްތައް ނުހިންގުމަށް ފުލުހުން އެންގިނަމަވެސް އެއީ ކޮން ގާނޫނަކުން ނުވަތަ ގަވާއިދަކުން ކުރުން މަނާ ކަމެއް ކަން ފުލުހުން ބަޔާން ކޮށްފައެއް ނުވެއެވެ. އަދި އެފަދަ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލުން ދަނީ ފުލުހުންނަށް އެތައް ފާޑުކިޔުންތަކެއް އަމާޒު ކުރައްވަމުންނެވެ.

[BOTTOM CONTENT BANNER]
ރިޔާސީ އިންތިހާބު 2018, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Thee gaidheen ge photo thakehnu

– 18 ސެޕްޓެމްބަރު 2018 1

Noos verikamaky varah zimmaadhaaru kamaaeku kuran jehey kameh. Post kurumuge kurin polihun baheh hoadhi nama engunys e photo thah enetty ei gaidheen ge photo thakeh veemakan. Ihavandhoo.com ge operation fail veeenu

– 18 ސެޕްޓެމްބަރު 2018 0

gaidheen ge photo thakeh nettee. ibu faisal ge photo eh nunataa. gaidheenge phito beynun kurumakee manaakameh camaign ga

– 18 ސެޕްޓެމްބަރު 2018 0

ކީއްކުރާ ޤާނޫނެއްތޯ؟ ކީއްކުރާ ގަވާއިދެއްތޯ؟ ކަނޑުގެ ގާނޫނު ހިންގަން ފަށާފަ އޮތް ގައުމެއްގެ ޤާނޫނެއް ގަވާއިދެއް ބޭނުމެއް ނުވާނެ․

– 18 ސެޕްޓެމްބަރު 2018 0