[HEADER BANNER]
[AD]

ޖައްވުގައި 6 މަސް ހޭދަކުރުމަށްފަހު 3 ފަޅުވެރިން ބިމަށް

6 އޮކްޓޫބަރު 2018 0

ޖައްވީ އިދާރާ، އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި 6 މަސް ހޭދަކުރުމަށްފަހު އެ ސްޓޭޝަންގެ 3 ފަޅުވެރިން ބިމަށް އަތުވެއްޖެވެ.

ޖައްވީ އިދާރާގައި 197 ދުވަސް ހޭދަކުރުމަށްފަހު މި ތިން ފަލަކީން މިމަހު 4 ވަނަ ދުވަހު ބިމަށް އައިސްފައިވަނީ ރަޝިޔާގެ ޖައްވީ އުޅަނދެއްގައެވެ. ފަޅުވެރިން ކެޕުސޫލެއްގައި ބިމަށް އައުމަށް ކުރި ދަތުރަށް 4 ގަޑިއިރު ހޭދަކޮށްފައިވާ އިރު ފަޅުވެރިން ބިމަށް ތިރިކޮށްފައި ވަނީ ވާކުޑައެއްގެ އެހީތެރިކަމާއެކު ކަޒަކިސްތާނުގެ މީހުން އުޅޭ ހިސާބާއި ދުރު ސަހަރާއަކަށެވެ.

މި ފަޅުވެރިން ޖައްވީ އިދާރާގައި ހޭދަކުރި ދުވަސްތަކުގައި ވަނީ ސައިންޓިފިކު ގިނަ ތަޙްލީލްތަކެއް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި 3 ފަހަރެއްގެ މަތީން ފަޅުވެރިން ޖައްވުގައި ހިނގާފައި ވައިރު ނާސާ އިން ބުނެފައިވާގޮތުގައި ފަޅުވެރިން ޖައްވުގައި 350 އަށް ވުރެ ގިނަ ތަހުލީލުތައް ކޮށްފައި ވެއެވެ. އެގޮތުން ދިޔާތަކެތިން ދިޔާތަކެތި ވަކި ކުރެވޭނެ ގޮތާއި ފިނި ކުއަންޓަމް ގޭސް ބޭނުންކޮށްގެން ތަފާތު ދިރާސާތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ދުނިޔޭގެ ބިމުގައި ތިބި، ތަރިތައް ދިރާސާ ކުރާ ފަރާތްތަކަށް ގިނަ މަޢުލޫމާތު ތަކެއްވަނީ ހިއްސާކޮށްފައެވެ.

އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންއަކީ ދުނިޔެ ވަށައިގެން އެބުރެމުން އަންނަ ޖައްވީ އުޅަނދެކެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ