[HEADER BANNER]
[AD]

އަޙްސަން އަދި ސަމީރު އިހަވަންދޫއަށް ބަދަލުކޮށް ވަޒީފާއަށް ނުކުންނަން އަންގައިފި

2 ނޮވެމްބަރު 2018 0

އިހަވަންދޫ ފެނަކަ ބްރާންޗްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި މަސައްކަތްކުރި، ޝަހަރުއާބާދު މުހައްމަދު ސަމީރު އަދި ޓެކްނީޝަން ހަސަން އަޙްސަންގެ ވަޒީފާ އިހަވަންދޫ ފެނަކަ ބްރާންޗަށް ބަދަލުކޮށް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަން އަންގައިފިއެވެ.


ނިމިދިޔަ ރިޔާސީ އިންތިޙާބުގެ ހޫނުގަނޑުގެ ތެރޭގައި، ސަމީރު ބަދަލުކޮށްފައިވަނީ މ. ނާލާފުށީ ފެނަކަ ބްރާންޗަށެވެ. އަދި އަޙްސަން ބަދަލުކޮށްފައިވަނީ ތ. ބުރުނީ ފެނަކަ ބްރާންޗަށަށެވެ. އަހުސަނު އާއި ސަމީރަށް އެމީހުން ވަޒީފާ އަދާކުރާތަން ބަދަލުކުރިކަން އެންގިނަމަވެސް، އެތަންތަނަށް ވަޒީފާއަށް ނުކުމެފައެއްނުވެއެވެ.

އަޙުސަން، ސަމީރު އަދި އަލީމް ވަޒީފާ އަދާކުރާތަން ބަދަކުރުމުން އެމީހުންގެ ހައްގުގައި އެ މުއައްޒަފުންގެ އާއިލާއާއި ރަށްޓެހިންނާއި ހެޔޮއެދޭފަރާތްތަކުން 7 ސެޕްޓެމްބަރ ގައި އިހަވަންދޫގައި މުޒާހަރާވެސްކުރިއެވެ. އެމުޒާހަރާގައި ސަމީރު އަދި އަޙްސަން ހުރީ "ނުދާނަން" ކަމަށް ލިޔެފައިވާ ބޯޑްތަކެއް ހިފައިގެންނެވެ. ވަޒީފާ އަދާކުރަމުންދިޔަތަން ބަދަލުކުރުމާއިއެކު އެޙުސަން އަދި ސަމީރުވަނީ އިދިކޮޅު ކޯލީޝަންގެ ހަރަކާތްތަކުގެ ކުރީސަފުގައި ހަރަކާތްތެރިވެފައެވެ. 

[BOTTOM CONTENT BANNER]
ރިޔާސީ އިންތިހާބު 2018, އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ