[HEADER BANNER]
[AD]

12 ޓީމާއިއެކު 12 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތް ފަށައިފި

7 ޑިސެމްބަރު 2018 0

12 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އޭއެސްޕީ މާހިރު

ޖުމުލަ 12 ޓީމާއިއެކު، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރު މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ)ގެ ވާދައިގެ ތައްޓަށް ކުޅޭ 12 ވަނަ މައިކަޕް މުބާރާތް ފަށައިފިއެވެ. ރޭކުޅުނު މިމުބާރާތުގެ ފުރަތަމަމެޗްގައި ވާދަކުރީ ޖަންގަލް އާއި ކުލަބް އިރަމާއެވެ. މިމެޗް  3-1 އިން ކާމިޔާބުކުރީ ޖަންގަލްޓީމެވެ.

މިމުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތް ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑު ކޮމިޔުނިޓީ އެމޕަވަރމެންޓް އަލްފާޟިލް އަޙުމަދު މަޚުލޫފްއެވެ. އިހަވަންދޫ ހުރަވީ ދަނޑުގައި ކުޅޭ މިމުބާރާތް މިފަހަރުވެސް އިންތިޒާމު ކުރަނީ ކުލަބު ޕޯލްސްޓަރ އިން ނެވެ. މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ޓީމްތަކަކީ އެންވީކޭ، ކްލަބް އިރަމާ، ޖަންގަލް، ސެންސިޓީ ފޭންސް، ޖަންގަލް ރިޔުނައިޓެޑް، ސެންސިޓީ، ގަބީލާ އެފްސީ، މާރަންދޫ ޔޫތް ސޮސައިޓީ، އަރާދުވާ، ޔުނައިޑެޓް ޔޫތް، ކުޅިމަގު އަދި މާރަންދޫ ޔޫތް ކޯޕަރޭޝަނެވެ. މިމުބާރާތް ކުރިޔަށްދާނީ މިމަހުގެ 19ވާ  ބުދަ ދުވަހާއި ހަމަޔަށެވެ.

[BOTTOM CONTENT BANNER]
މައިކަޕް 2018, ޖަންގަލް ޑާރކް ޕޮއިންޓް, ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ