[HEADER BANNER]
[AD]

މައި ކަޕް 2018: ފައިނަލުގެ ފަހު ޖާގަ މާރަންދޫ ޔޫތު ސޮސައިޓީއަށް

17 ޑިސެމްބަރު 2018 0
މިރޭގެ މެޗުގެ ތެރެއިން... ފޮޓޯ: އޭއެސްޕީ

މައި ކަޕް 12 ވަނަ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ 1-0 އިން އަރާދުވާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ މާރަންދޫ ޔޫތު ސޮސައިޓީން ހޯދައިފިއެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް އަރާދުވާއިން ހޯދިނަމަވެސް އެޓީމުން އުފެއްދި އެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލެއް ނުކޮށްލެވުނެވެ. ފުރަތަމަ ހާފުގެ މެދަކާ ހަމައިން މާރަންދޫ ޔޫތު ސޮސައިޓީން މެޗުގެ ތެރެއަށްވަދެ އަރާދުވާގެ ގޯލަށް ނުރައްކާ ކުރަންފެށި ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މާރަންދޫ ޔޫތު ސޮސައިޓީން ލަނޑެއްޖަހައި މެޗުގެ ލީޑު ނެގީ މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށެވެ. އަރާދުވާގެ ކީޕަރު ގާތުން ނައްޓައިލުމަށްފަހު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މާރަންދޫ ޔޫތު ސޮސައިޓީގެ މުޙައްމަދު ސާޖިދު ބޯޅަ ގޮލުގެ ތެރެއަށް ފޮނުވައިލީ ވަރަށް ހަމަޖެހިލާފައެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުޅެވޭ މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ މިއަދު ހަވީރު ކުލަބު އިރަމާ އަތުން މޮޅުވި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަންގަލް އަދި މާރަންދޫ ޔޫތު ސޮސައިޓީ އެވެ.


މާރަންދޫ ޔޫތު ސޮސައިޓީ... ފޮޓޯ: އޭއެސްޕީ

އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބްދުﷲގެ އެހީތެރިކަމާއެކު ކުލަބު ޕޯލްސްޓަރއިން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފަ އެވެ.

[BOTTOM CONTENT BANNER]
މައިކަޕް 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ