ރަންޔޫބީލްގެ އަހަރާ ގުޅުވައިގެން މެންބަރުގެ ޚާއްޞަ ވަޢުދެއް ދަރިވަރުންނަށް

15 ޖެނުއަރީ 2019 0

އިހަވަންދޫ ދާއިރާގެ މެންބަރުވަނީ 2019 ވަނަ އަހަރުގެ އެންމެ ހާއްސަ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ޖުމްލަ 30000 ރުފިޔާގެ ފައިސާގެ އިނާމާއި 3 ލެޕްޓޮޕް ހުށަހަޅާފައި. ފޮޓޯ: އިހަވަންދޫ ސްކޫލް

އިހަވަންދޫ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރާ އަހަރާ ގުޅުވައިގެން އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ޙާއްޞަ ވަޢުދެއް ވެވަޑައިގެންފިއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ޖަނަވަރީ 13 ވަނަ ދުވަހުގެ ހެނދުނު އިހަވަންދޫ ސްކޫލުގައި ބޭއްވި އެސެމްބުލީ ޝަރަފުވެރިކޮށްދެވައި ވާހަކަފުޅު ދައްކަވަމުން، އިހަވަންދޫ ސްކޫލުގެ ދަރިވަރުންގެ ތެރެއިން އަޚްލާޤުން އެންމެ ރަނގަޅު ދަރިވަރަށާއި ހުރިހާ ގޮތަކުން އެންމެ މޮޅު (ބެސްޓު އޯލް ރައުންޑް) ދެ ދަރިވަރުންނަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ލެޕްޓޮޕެއް ދެއްވުމަށް މެންބަރުވަނީ ވަޢުދުވެ ވަޑައިގެންފައެވެ.

މީގެއިތުރުން، ރަންޔޫބީލްގެ ހަރަކާތްތައް ކާމިޔާބު ކުރުމަށް ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް އެމަނިކުފާނު ވެދެއްވާނެކަމަށާއި މި ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމަށް ސްކޫލް ޝާމިލްވާ އެންމެހާ ފަރާތްތަކުންނާއި ހުރިހާ މުއްސަސާތައް ގުޅިގެން ގަދައަޅާ މަސައްކަތް ކުރެއްވުމަށް މެންބަރު އެދިވަޑައިގަތެވެ.

އިހަވަންދޫ ސްކޫލަށް ފަންސާސް އަހަރު ފުރޭނީ 2019 މޭ 25 ވަނަ ދުވަހުއެވެ.

އިހަވަންދޫ މަދަރުސާ, މުހައްމަދު އަބުދުﷲ, އިހަވަންދޫ ސުކޫލު ރަންޔޫބިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ