ރަންޔޫބީލް މަސައްކަތު ދުވަހުން 4 ލައްކަ

3 ފެބުރުއަރީ 2019 5

ރަންޔޫބިލް މަސައްކަތު ދުވަހު އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ބައިވެރިވެ މަސައްކަތްކުރައްވަނީ. ކައުންސިލް އިދާރާގެ މުއައްޒަފުން އެކަނި މަސައްކަތްކޮށްގެން -/34517 ހޯދާފައިވޭ. ފޮޓޯ: އިހަވަންދޫ ސްކޫލް

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް އެސްކޫލުން ހިންގަން ކަނޑައަޅާފައިވާ ހަރަކާތްތަކަށް ފަންޑު ހޯދުމުގެ ގޮތުން ހޮނިހިރު ދުވަހު ފާހަގަކުރި މަސައްކަތު ދުވަހު 5 ލައްކައެއްހާ ރުފިޔާ  ހޯދާފިއެވެ.

ސްކޫލްގެ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި، އިހަވަންދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ، ރަށުގެ އާއްމުރައްޔިތުންނާއި، ސްކޫލަށް ހެޔޮއެދޭފަރާތްތަކުން ބައިވެރިވި މިމަސައްކަތު ދުވަހުން ޖުމުލަ 60/442221 ( ހަތަރު ލައްކަ ބަޔާޅީސް ހާސް ދުއިސައްތަ އެކާވީސް ރުފިޔާ، ހައްޓި ލާރި) ހޯދާފައިވެއެވެ.

ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތު ދުވަހުން އެންމެ ގިނަ ފައިސާ ހޯދީ މަދޮށި ގްރޫޕުންނެވެ. މިގްރޫޕުން 85/81278 ( އަށްޑިހަ އެއްހާސް ދުއިސައްތަ ހަތްދިހަ އަށްރުފިޔާ، އަށްޑިހަ ފަސްލާރި ) ހޯދާފައިވެއެވެ. މިގްރޫޕްގެ ލީޑަރަކީ ހއ.އިހަވަންދޫ އީވް ހަސީބަތު ޝާނީ އެވެ.

އެންމެ ގިނަފައިސާ ހޯދި ގްރޫޕްގެ ލީޑަރ ހަސީބަތު ޝާނީ މަސައްކަތު ދުވަހުގެ މަސައްކަތުގައި ބައިވެރިވަނީ. ހަސީބަތު ޝާނީއަކީ އިހަވަންދޫ ސްކޫލްގެ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމްއިއްޔާގެ ނައިބްރައީސް. ފޮޓޯ: އިހަވަންދޫ ސްކޫލް

 ދެވަނައަށް އެންމެ ގިނަފައިސާ ހޯދީ ބޮކަރު ގްރޫޕުންނެވެ. މިގްރޫޕަކީ އިހަވަންދޫ ސިއްހީމަރުކަޒާއި، ފެނަކަ އާއި ބޭންކް އޮފް މޯލްޑިވްސް އަދި އިހަވަންދޫ އައިސް ޕްލާންޓް އެކުވެގެން ހަދާފައިވާ ގްރޫޕެކެވެ. މިގްރޫޕުން

-/46330 ( ސާޅީސް ހަހާސް ތިންސަތޭކަ ތިރީސް ރުފިޔާ ) ހޯދާފައި ވެއެވެ. މިގްރޫޕްގެ ލީޑަރަކީ އަހުމަދު ޢަބުދުލް ޤައްފާރު/ ބަށިމާގެ އެވެ.

ބޮކަރު ގްރޫޕުން ތަނެއް ސާފުކޮށް ތަރުތީބުކުރަނީ. ފޮޓޯ: އިހަވަންދޫ ސްކޫލް

 ތިންވަނައަށް އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ކަނޑޫ ގްރޫޕުންނެވެ. މިއީ އިހަވަންދޫ ސްކޫލްގެ އަންހެން މުވައްޒަފުންގެ ގްރޫޕްކެވެ. މިގްރޫޕުން 45098.75 ( ސާޅީސް ފަސްހާސް ނުވަދިހަ އަށް ރުފިޔާ، ހަތްދިހަ ފަސްލާރި ) ހޯދާފައިވެއެވެ. މިގްރޫޕްގެ ލީޑަރަކީ ސުކޫލު ޓީޗަރު މަޖުދާ މުޙައްމަދު / ޗާންދަނީވިލާ އެވެ. ސްކޫލްގެ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންވަނީ ދެގްރޫޕަކަށް ބަހާލާފައެވެ. 

ރަންޔޫބިލް މަސައްކަތު ދުވަހު އިހަވަންދޫ ސްކޫލްގެ ޓީޗަރުންތަކެއް މަސްކައްކާ ހިއްކާ މީހެއްގެ ހިކިމަސްތަކެއް ގޯނިގޯންޏަށްއަޅާ ބަންދުކުރަނީ. އިހަވަންދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން. ފޮޓޯ: އިހަވަންދޫ ސްކޫލް

 ހެނދުނު 7:00 ން ހަވީރު 5:00 އަށް ކުރިއަށްގެންދިޔަ އިހަވަންދޫ ސްކޫލްގެ ރަންޔޫބިލް މަސައްކަތު ދުވަހު، އެންމެ ގިނަ ފައިސާ ހޯދައިގެން ގަޑިއަށް ސްކޫލަށް ހާޒިރުވެފައިވާ ގްރޫޕަކީ ބޮކަރު ގްރޫޕެވެ.

އިހަވަންދޫ ސްކޫލްގެ ރަންޔޫބިލް ހަރަކާތްތަކާ ގުޅުވައިގެން ކުރިއަށް ގެންދާ ބޮޑެތި ހަރަކާތްތަކުގެ ތެރޭގައި އެސްކޫލްގެ ގޯތިތެރޭގައި ޓާރފް ފުޓްބޯޅަ ދަނޑެއް ހެދުމާއި ސްކޫލްގެ އައި. ސީ.ޓީ ވަޞީލަތްތައް އިތުރުކުރުމާއި ސްކޫލްގެ ލައިބްރަރީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން ހިމެނޭކަމަށް އެސްކޫލުން މައުލޫމަތު ދެއެވެ. 

އިހަވަންދޫ މަދަރުސާ, އިހަވަންދޫ ސުކޫލު ރަންޔޫބިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަސައްކަތް ކުރީ ހެނދުނު 7:00 ން ހަވީރު 5:00 އަށް ނޫން․ އެއްވަނަ ހޯދި ގުރޫޕުން މަސައްކަތް ކުރާތާ ފަސްދުވަސް ވެއްޖެ. ސުކޫލަށްވެސް ހަޑި. މިކަން ބަލަން ޖެހޭ <br>

– 3 ފެބުރުއަރީ 2019 0

Massakath dhuvahekey kiyaagen feyruny..

– 4 ފެބުރުއަރީ 2019 0

މި ކިހިނެއް ފާހަގަކުރާ ރަންޔޫބީލްއެއްތަ؟ އަހަރެމެން ސްކޫލުގަ އުޅުނު އިރު އިހަށް ދުވަހު ރިހި ޔޫބިލް ފާހަގަކުރީ އޭގެ ފަހުން އަދި 25 އަހަރެއް ނުވޭ އަނެއްކާ ރަންޔޫބީލް․․ އަޖައިބު އަންތަރީސް․․ ތާރީޙް އޮޅުވާލުމުގެ ދަޢުވާ އުފުލަންޖެހޭ މިމީހުންގެ މައްޗަށް

– 4 ފެބުރުއަރީ 2019 0

Beynun vani konmevex ehchekey kiyaan laari..ti school meehun ge goi engey

– 5 ފެބުރުއަރީ 2019 0

Ma mihury hama kosvefa․․mi meehun masahkathu dhuvaheh kiyaafa ulhey goiyytha․․meehun ge geygeah vadhe alamaari check koh vollet thah check koh gadhakamun laari athulaagen hama feyrunee meee aslu vr hadi gotheh dhw ma vaa ladhu ganejje

– 7 ފެބުރުއަރީ 2019 0