[HEADER BANNER]
[AD]

އިހަވަންދޫ ސްކޫލްގެ ރަންޔޫބީލް ކޮމިޓީއިން ރައީސްއާ ބައްދަލުކޮށްފި

19 ފެބުރުއަރީ 2019 1

އިހަވަންދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ރޭވުމަށް އެކުލަވާލާފައިވާ ރަންޔޫބީލް ކޮމިޓީން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކޮށްފިއެވެ. އެބައްދަލުވުން ކުރިޔަށް ދިޔައީ އިއްޔަ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިއްޔެގެ ބައްދަލުވުމުގައި ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރުމަށް ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު، ރަންޔޫބީލް ކޮމިޓީއިންވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފައެވެ. އަދި މީގެ އިތުރުން އިހަވަންދޫ ސްކޫލްގެ 50 އަހަރުގެ ތާރީޚުގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި، ސްކޫލަށް އައިސްފައިވާ ތަރައްޤީއާ ބެހޭ މައުލޫމާތު ރަންޔޫބީލް ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލުން ދެއްވައި، ކޮށްދެއްވެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަކޮށް ތައުލީމީ ދާއިރާއަކީ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ ދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ މަދަރުސާ, އިހަވަންދޫ ސުކޫލު ރަންޔޫބިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Ran yoobeel ey kiyaairu thaareeh olhuvaali vaahaka ves Raees ah dhannavaalinama. Ihahdguvahu aharemen school ga ulhenikoh Rihi yoobeel faahaga kury mihaaru kulliyakah Ran yoobeel.. ajaibeh olhuvaaliyas boduvaru

– 19 ފެބުރުއަރީ 2019 0