ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓްލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް 12 ފަރާތަކުން ޝަކުވާ ހުށައަޅައިފި

15 ޑިސެމްބަރު 2019 0

އިހަވަންދޫ. ފޮޓޯ: ނާފިއު ޢަބުދުއްރަޝީދު

އިހަވަންދޫން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓު ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ޝަކުވާ ހުށައަޅާފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ހާމަކުރައްވައިފިއެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅި ފަރާތްތަކުގެ ފޯމްނަންބަރުތައް ކައުންސިލުން އާއްމުކޮށް އިޢުލާނުކޮށްފައި ވާއިރު، ޝަކުވާ ހުށަހެޅި ފަރާތެއްގެ ފޯމްގެ ނަމްބަރު ލިސްޓްގައި ހިމެނިފައިނެތްނަމަ އެކަން 19 ޑިސެންބަރު 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ލިޔުމުން އެންގެވުމަށް ކައުންސިލުން ވަނީ ދަންނަވާފައެވެ.

އިހަވަންދޫން ބަންޑާރަ ގޯތި ދޫނުކުރާތާ 13 އަހަރު ފަހުން މިފަހަރު ދޫކުރަން ނިންމާފައިވަނީ 200 ގޯއްޗެވެ. ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 457 މީހަކުގޯއްޗަށް އެދި ކުރިމަތިލާފައި ވާއިރު ގޯއްޗަށް ޝަރުތު ހަމަވުމުން ޕޮއިންޓު ދީފައި ވަނީ 455 މީހަކަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ