ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓްލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށްފި

1 ޖެނުއަރީ 2020 0

އިހަވަންދޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.

އިހަވަންދޫ ކައުންސިލުން ބުނެފައިވާގޮތުގައި މިއަދު އާއްމު ކޮށްފައި އެވާ ލިސްޓަކީ އިހަވަންދޫން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓު ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށައެޅުނު ޝަކުވާތަކާގުޅިގެން ގެނެވުނު ބަދަލުތަކާއެކު އާއްމުކޮށްފައިވާ ލިސްޓު ކަމަށެވެ.

ދާއިމީ ލިސްޓު އިޢުލާނުކުރުމުން މިފަހަރު އިހަވަންދޫން ގޯތި ލިބޭނޭ 200 ފަރާތެއް މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ.

 

އިހަވަންދޫން ދޫކުރަން ނިންމާފައިވާ 200 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 457 މީހަކު ކުރިމަތިލީއިރު ޝަރުތު ހަމަވުމުން ޕޮއިންޓު ދީފައި ވަނީ 455 މީހަކަށެވެ. ޝަރުތު ހަމަވުމުން ޕޮއިންޓު ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ޝަކުވާ ހުށައެޅިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ