[HEADER BANNER]
[AD]

ޒުވާނުންގެ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 12:00 ގެ ނިޔަލަށް

2 ޖެނުއަރީ 2020 0

އިހަވަންދޫ ކައުންސިލުން ބާއްވާ ޒުވާނުންގެ ބޮޑު ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 12:00 އަށް ހަމަވާނެ އެވެ.

ރަށުގެ  ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ރަށުކައުންސިލުން ކޮންމެ އަހަރަކު ބާއްވާ މި ދަތުރު މިއަހަރު އޮންނާނީ އަންނަ ހޮނި ހިރު ދުވަހު ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފައި ވެއެވެ.

މިއީ އެމްޑީޕީ އަށް ނިސްބަތްވާ 5 ކައުންސިލަރުން އިންތިހާބުވެފައިވާ އިހަވަންދޫ ކައުންސިލުން މިފަދަ ދަތުރެއް ކުރާ ތިންވަނަ ފަހަރެވެ. އެ މެމްބަރުން ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރެއްވި އިރު އާއްމު ކުރެއްވި މެނިފެސްޓޯގައިވެސް މިފަދަ ދަތުރެއްގެ ވާހަކަ ހިނަމާފައިވާކަން ފާހަގަ ކުރެވެއެވެ.

މިދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަންނޯޓު ކުރުން މިރޭގެ 12:00 ގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.  ދަތުރުގައި ބައިވެރިވުމަށް ގުޅުއްވާނެ ނަންބަރުތަކަކީ:

ކައުންސިލް މެމްބަރ މުޙައްމަދު މަފާޒު: 9645777

ކައުންސިލް މެމްބަރ އަހްމަދު ރިޟްވާން: 9793810

އެސިސްޓެންޓް ޑިރެކްޓަރ ޢަލީ އަރުޝަދު: 9850584

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ