[HEADER BANNER]
[AD]

ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް އަށް

26 ޖެނުއަރީ 2020 0

މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލަށް ހޮވިވަޑައިގަތް ކައުންސިލް މެމްބަރު އަހްމަދު ރިޟްވާން ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސްއާ ގުޅިވަޑައިގެންފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރޭ އިހަވަންދޫ ޕީޕީއެމް ހަރުގޭގައި ބޭއްވި ޖަލްސާގައި ވަނީ އަހްމަދު ރިޟްވާން ޕީޕީއެމްއާ ގުޅުނުކަން އިޢުލާނުކޮށް، ރަމްޒީކޮށް ފޯމް ހަވާލުކޮށްފައެވެ. ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް ޢަބުދުއްރަހީމް ޢަބުދުﷲ އެވެ.

ރޭގެ ޖަލްސާގައި ރިޟްވާން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފައެވެ.

އިހަވަންދޫގައި މިހާތަނަށް އެމްޑީޕީގެ ކައުންސިލް މެމްބަރަކު ޕާޓީ ބަދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.  2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން އިހަވަންދޫ ރަށުކައުންސިލްގެ 5 ގޮނޑި އެމްޑީޕީން ކަށަވަރުއިރު އެންމެ ގިނަ ވޯޓު ލިބިފައިވަނީ އަހްމަދު ރިޟްވާން އަށްކަން ފާހަގަ ކުރެވެއެވެ. އަހްމަދު ރިޟްވާން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރަށުކައުންސިލަށް ވާދަކުރާނެކަން އިޢުލާނުކުރައްވާފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ