[HEADER BANNER]
[AD]

މަފާޒާއި، ހަލީލަށް އެމްޑީޕީ ޓިކެޓެއް ނުލިބުނު

2 ފެބުރުއަރީ 2020 0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީގައި، މިހާރު އެމްޑީޕީ ޓިކެޓްގައި އިންތިހާބުވެ ކައުންސިލަރުކަމުގެ ގޮނޑި ފުރަމުންދާ ކައުންސިލް މެމްބަރު މުހައްމަދު މަފާޒު އާއި ކައުންސިލް މެމްބަރު އަބުދުﷲ ޚަލީލަށް ނާކާމިޔާބީއާއި ކުރިމަތިވެއްޖެއެވެ. މަފާޒާއި ހަލީލަށް ނާކާމިޔާބު ވެފައިވަނީ ކައުންސިލް މެމްބަރުކަމުގެ ގޮނޑިޔަށް ވާދަކޮށްގެންނެވެ.

ކައުންސިލް މެމްބަރުންގެ ގޮތުގައި 3 މެމްބަރުން އިންތިހާބުކުރާއިރު އެމްޑީޕީގެ ޕްރައިމެރީގައި 6 ފަރާތަކުން ކުރިމަތިލިއެވެ. އޭގެތެރެއިން ޓިކެޓް ޔަގީން ވެފައިވަނީ 596 ވޯޓް ހޯދައިގެން މިހާރުގެވެސް ކައުންސިލް މެމްބަރު ޢަލީ ރަމީޒަށާއި، 539 ވޯޓް ހޯދި މުހައްމަދު ވިޝާޙު އާއި 491 ވޯޓް ހޯދި މުޙައްމަދު އަޒުހަމްއެވެ. ޕްރައިމެރީއިން ބަލިވެފައިވަނީ 481 ވޯޓް ހޯދި މުހައްމަދު މަފާޒާއި، 342 ވޯޓް ހޯދި މުހައްމަދު މައުމޫންގެ އިތުރުން 336 ވޯޓް ލިބުނު އަބުދުﷲ ހަލީލެވެ.

އިހަވަންދޫގައި ބޭއްވި އެމްޑީޕީގެ ޕްރައިމެރީގައި ވޯޓް ލުމުގެ ހައްގު ޖުމްލަ 1247 މީހަކަށް ލިބެއެވެ.

[BOTTOM CONTENT BANNER]
އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ