[HEADER BANNER]
[AD]

މޮޅަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްދޭނެ ބަޔަކި ހޯދަނީ!

20 ފެބުރުއަރީ 2020 0

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހއ.މޮޅަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން , މިނިސްޓްރީ އޮފް ފިނޭންސް އިން ކޮށްފައިވާ އިއުލާނުގައިވަނީ މޮޅަދޫގެ އިތުރުން 17 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާއި، މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއްލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް ބީލަންހުށަހެޅުމުގެ އިޚްތިޔާރު ބީލަންވެރިންނަށް ލިބޭނެ ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައި ވާގޮތުގައި މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުގެ މަތިން ކަމަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ 12 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

[BOTTOM CONTENT BANNER]
ހއ. މޮޅަދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ