[HEADER BANNER]
[AD]

ކޮވިޑް-19: މިމަހު 1ގެ ފަހުން މާލެއިން އައި މީހުން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފި

16 އޭޕުރީލު 2020 0

1 އޭޕްރިލް 2020 ގެ ފަހުން މާލެއިން އިވަންދޫއަށް އައިސްފާވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް ހއ. އިހަވަންދޫ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ 1 އޭޕްރިލް 2020 ގެ ފަހުން މާލެއިން ހއ. އިވަންދޫއަށް އައިސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް އެދޭ ކަމަށެވެ.

ކައުންސިލްގެ މި ފިޔަވަޅަކީ، އިއްޔެ މާލެއިން ކޯވިޑްގެ އައު ކޭސްތަކެއް ފެނުމުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ