މިމަހުގެ ފެން އަދި ކަރަންޓް ރީޑިންގ ނެގުންވެސް އޮންލައިންކޮށް

25 އޭޕުރީލު 2020 0

ފެނަކަ އިހަވަންދޫ ބުރާންވުގެ 600ކވ ގެ ޖަނަރޭޓަރު ސެޓުގެ ޑައިނަމޯ ސާވިސްކުރުމުގެ މަސައްކަތުގައި އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވަނީ. ފައިލް ފޮޓޯ: ފެނަކަ އިހަވަންދޫ ބުރާންޗް

ފެނަކަ އިހަވަންދޫ ބުރާންޗުން މި އޭޕްރީލް މަހުގެ ފެން އަދި ކަރަންޓު ރީޑިންގ ނެގުން ކުރިއަށް ގެންދާނީ ވައިބަރ މެދުވެރިކޮށް ކަމަށް އަންގައިފިއެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުން ބުނެފައި ވަނީ ކޮންމެ މަހެއްގެ 25 އަދި 26 ، މި ދެ ދުވަހަކީ އެބުރާންޗްގެ ކަރަންޓް އަދި ފެންބިލް ތައްޔާރުކުރުމަށްޓަކައި ރީޑިންގ ނެގުމަށް ހަމަޖެހިފައިވާ 2 ދުވަސްކަމަށެވެ. ކޮވިޑް-19 ގެ ނުރައްކަލައް ހުށަހެޅިފައިމިވާ މިދުވަސްވަރު އެންމެހައި ގެ ތަކަށް ތަނުގެ މުވައްޒަފުން ވަދެ ނުކުމެ އުޅުމަކީ  ދެފަރާތައްވެސް އެންމެ ރައްކާތެރިގޮތް ކަމުގައި ނުވާތީއާއި ފުރަބަންދުގައި ރަށުގެ އާއްމު ޙާލަތު އޮތްހިނދު، ރައްކާތެރިވުމުގެ ގޮތުން ކޮންމެ ގެއެއްގެ ފެން އަދި ކަރަންޓް މީޓަރ ތަކުގެ ރީޑިން ވައިބަރ މެދުވެރިކޮށް ނެގުމަށް ނިންމާފައިވާކަމަށް ފެބަކަ އިހަވަންދޫ ބުރާންޗުންވަނީ ބުނެފައެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުން ވަނީ ފެން އަދި ކަރަންޓްގެ ޚިދުމަތް ބޭނުން ކުރައްވާ ކަސްޓަމަރުން ގޭގެ ނަން ޖެއްސެވުމަށްފަހު ފެން އަދި ކަރަންޓް މީޓަރުގެ ފޮޓޯއެއް ( ރީންޑިންގެ އަދަދު ސާފުކޮށް ފެންނާނެ ގޮތައް ) ވައިބާރކޮށްދިނުމަށް އެދިފައެވެ.

ފެން އަދި ކަރަންޓް ރީޑިންގ ފޮނުވާނެ ގޮތް:

ދުވަސް: 25، އަދި 26 އޭޕްރީލް

ވައިބަރ ނަންބަރު: 7995589, 673399, 1975880, 7886738, 7982928, 9813009

ފޮނުވާނެ ގޮތް: މަތީގައިވާ ފޯން ނަންބަރުތަކުގެ ތެރެއިން ކޮންމެވެސް 1 ނަންބަރަކަށް ގޭގެ ނަން ޖެއްސެވުމަށްފަހު ރީޑިންގ ވައިބާކޮށްދެއްވާ. ވައިބާ ކުރުމުގެ ކުރިން ވައިބަރ ކުރަން ބޭނުންވާ ނަންބަރަށް ގުޅުއްވާ ރީޑީންގ ފޮނުވާނެ ކަން އަންގާލަދެއްވާ.

ފެނަކަ އިހަވަންދޫ ބުރާންޗުން ބުނެފައިވަނީ ކަރަންޓް އަދި ފެން ބިލްތައް ތައްޔާރުވެ ނިމުމުން، އެގެއެއްގެ މީޓަރުގެ ރީޑިން ފޮނުވާ ފޯނު ނަންބަރުތަކަށް ވައިބަރ ކުރަމުން ގެންދާނެ ކަމަށެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުން ވަނީ، ކޮވިޑް 19 އާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނާއި ކުންފުނީގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި 19 އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން އެކުންފުނިން ދޭ ހިދުމަތްތަކަށް އޮންލައިން ޓްރާންސްފަރ ޚިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ