[AD]
އިހަވަންދޫގެ ފުރަބަންދަށް ލުއިތަކެއް ދީފި
29 އޭޕުރީލު 2020
0
އިހަވަންދޫގެ ފުރަބަންދަށް ލުއިތަކެއް ދީފި އެވެ.
މިވަގުތު ކުރިއަށްދާ ޓާސްކްފޯސްގެ ބައްދަލުވުމުގައި މިކަން ހާމަކޮށްފައި ވަނީ ޓާސްކް ފޯސް ކޮމެޓީގެ މެމްބަރު، އިހަވަންދޫ ކައުންސިލްގެ ޑިރެކްޓަރ އަލްފާޟީލް އިބުރާހިމް ނަޝީދު އެވެ.
އިހަވަންދޫގެ ފުރަބަންދުގެ 14 ދުވަސް މިރޭގެ ނިޔަލަށް ހަމަވާއިރު، ހއ. އުލިގަމުން ކޮވިޑަށް ފައްސިވި މީހާ ދަތުރުކުރި އިހަވަންދޫ ކާވިޔާ ބޯޓުން އިހަވަންދޫއަށް ދަތުރުކުރި އެންމެން ކޮވިޑަށް ވަނީ ނައްސިވެފައެވެ.
ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު ސަމާލުކަން ދޭންވީ ކަންތައްތައް:
- ފަރުމަހަށް ދާ ފަރާތްތަކުން ހުއްދަ ހޯދަން ޖެހޭނެ ( ފަޅުގަ އޮންނަ މަސްގަނޑަށް މަސްބާނަން ދިއުމަށް ހުއްދަ ހޯދާކަށް ނުޖެހޭނެ)
- ޒަރޫރީބޭނުންތަކަށްވެސް ބޭރަށް ނުކުންނަ އިރު މާސްކު ބޭނުންކުރަންވާނެ.
- ބޭރުގައި 3 މީހުންނަށްވުރެ ގިނައިން އެކުގަ އުޅުން މަނާ.
- ބޭރުގައި އުޅުމުގައި އިޖުތިމާއީ ގާދުރުކަން އިސްކުރަންވާނެ.
- ޒަރޫރީ ބޭނުންތަކުގަ ނޫނީ ގެއިން ބޭރަށް ނުނުކުތުން.
- ފިހާރަތަކަށް އެއްފަހަރާ 4 މީހުންނަށްވުރެ ގިނައިން ނުވަނުން.
ޚިޔާލު ފައުޅުކުރުން