ހއ. ތަކަންދޫ ބަޔަކު ކޮވިޑު 19 އަށް ފައްސިވެއްޖެ

1 މެއި 2020 1

ހއ. ތަކަންދޫ ބަޔަކު ކޮވިޑު-19 އަށް ފައްސިވެއްޖެ ކަމަށް މިނޫހާށް މައުލޫމާތު ލިބިއްޖެއެވެ.

ފައްސިވެފައިވަނީ ކާވިޔާބޯޓުން މިދިޔަމަހު 16 ގައި މާލެއިން ހއ. ތަކަންދޫ އަށް ދަތުރުކުރި 3 މީހެއްކަމަށް މިނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ.

ކާވިޔާ ބޯޓުން ޖުމުލަ 120 މީހަކު ދަތުރުކޮށްފައިވާއިރު، ތަކަންދޫގެ 36 މީހަކު އެރަށަށް ދަތުރުކޮށްފައި ވެއެވެ. ކުރޫންނާއި އެކު އިހަވަންދޫގެ 37 މީހުން ދަތުރުކޮށްފައިވާއިރު ތަކަންދޫ ފިޔަވައި އެހެނިހެން ރަށްތަކުން ދަތުރުކުރި މީހުންގެ ސާމްޕަލް ވަނީ ކޮވިޑަށް ނައްސި ވެފައެވެ. ތަކަންދޫން ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

ކާވިޔާބޯޓުން ދަތުރުކުރި އެކިރަށްތަކުގެ މީހުންގެ ޢަދަދު:

އިހަވަންދޫ (ކުރޫންނާއެކު) 37

ތަކަންދޫ 36

ހޯރަފުށި 1

މާރަންދޫ 4

ވައިކަރަދޫ 23

ތުރާކުނު 8

އުލިގަން 11

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަވަށް ޝިފާއެއް ދެއްވާށި․ އާމީން․

– 1 މެއި 2020 0