ކާވިޔާ ބޯޓުގެ ކަރަންޓީނު އުވާލައިފި

10 މެއި 2020 0

ކާވިޔާ ބޯޓު: ބޯޓުގެ ކަރަންޓީނު އުވާލާފައި މިވަނީ 20 ދުވަސް ފަހުން

ހއ. އިހަވަންދޫގައި ދުއްވާ ކާވިޔާ ބޯޓު ކަރަންޓީނުން ނަގައިފިއެވެ.

މިއަދު 1:20 ގައި ކޯވިޔާބޯޓަށް އެޗްޕީއޭ އިން ފޮނުވާފައިވާ ލިޔުމުގައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ  ގޮތުން ޤާނޫނު ނަންބަރު 2012/7 (އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، ކަރަންޓީން/ ބަންދުގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުގެ ސަބަބުން ކާވިޔާ ބޯޓުގެ ކަރަންޓީނުގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ކާވިޔާބޯޓު މޮނިޓަރިންގ އަށް ލާފައި ވަނީ އެބޯޓުން ހއ. އުލިގަމަށް ދަތުރުކުރި މީހަކު ކޮވިޑު-19 އަށް ފައްސިވުމާ ގުޅިގެން އޭޕްރީލް 20 ވަނަ ދުވަހުގެއެވެ.

ކާވިޔާބޯޓުން 15 އޭޕްރީލްގައި މާލެއިން ދަތުރުކުރި ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހއ. އުލިގަމު މީހަކާއި ހއ. ތަކަންދޫގެ ދެމީހެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ