ބަނދަރުގެ މަސައްކަތް މާދަމާ ފަށަނީ...

2 ޖޫން 2020 0

އިހަވަންދޫގެ ބަނދަރުގެ މަރާމާތުކުރުމުގެ މަސައްކަތް މިހިނގާ ޖޫންމަހުގެ 3 ވާ ބުދަދުވަހު ފަށުމަށް ހަމަޖެހިފައިވާކަމަށް އިހަވަންދޫ ކައުންސިލުން ހާމަކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އެކަމާއި ގުޅިގެން އިއްޔަ ކޮށްފައިވާ އިއުލާނުގައިވަނީ، ބަނދަރުގެ މަސައްކަތް ޖޫން 3 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ބަނދަރުގައި ފުރަތަމަ ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ ބަނދަރުގެ އިރުދެކުނު ކަނުގައި ހެދިފައިވާ ވެލިގަނޑު ފުންކުރުމުގެ މަސައްކަތް ކުރުންކަމަށެވެ.

ކައުންސިލުންވަނީ ބަނދަރުގެ އިރުދެކުނަށް އަޅާފައިވާ އުޅަނދުތަކާއި، އެވެލިގަނޑާއި ދިމާލަށް އަޅާފައިވާ އުޅަނދުތަކާއި ވައުތައް އަދި އެފަސްގަނޑަށް އެހެލާފައިވާ އުޅަނދުތައް މިއަދުގެ 20:00 ގެ ކުރިން ނެގުމަށް އަންގާފައެވެ. އަދި އެމުއްދަތުގައި ނުނަގާ އުޅަނދުފަހަރަށް ކައުންސިލަށް ފެންނަ އެންމެ ރަނގަޅަކަށް އަމަލުކުރާނެކަމަށްވެސް ކައުންސިލްގެ އިއުލާނުގައިވެއެވެ.

އިހަވަންދޫގައި ބަނދަރު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައި ވަނީ 51.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަޝްރޫއު ފުރިހަމަކުރަން އެމްޓީސީސީ އަށް ދީފައިވަނީ 400 ދުވަހެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރުގެ އެއްގަމު ތޮށި ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށި އިތުރަށް ބޭރަށް ޖެއްސުން ހިމެނެއެވެ.

އިހަވަންދޫ ބަނދަރު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ