[HEADER BANNER]
[AD]

ގޯތި ދިނުމުގައި ނުނިމިހުރި މަސައްކަތްތައް ދެހަފުތާތެރޭ ނިންމަނީ

8 ޖޫން 2020 0

ހއ. އިހަވަންދޫން ގޯތި ދިނުމުގައި ނުނިމިހުރި މަސައްކަތްތައް ދެހަފުތާތެރޭ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޯވިޑު-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ހަމައަށް ގެވަޅުދިނުމުގެ މަސައްކަތުގެ ތެރެއިން ނުކުރެވި އޮތީ 3 ކަމެއް ކަމަށެވެ. އެއީ ޕޮއިންޓުގެ ގޮތުން އެއްވަރުވި ފަރާތްތަކުގެ މެދުގައި ނަގާ ގުރު ނެގުމާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމުކުރުމާއެކު ބޮލޮކު ގުރުނެގުމުގެ މަސައްކަތެވެ.

ޕޮއިންޓުގެ ގޮތުން އެއްވަރުވި 21 ފަރާތުގެ ތެރޭގައި ހިމެނޭ ދެމަފިރިންގެ 3 ފަރާތެއް އުނިވުމާއެކު، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ ބާކީތިބި 18 ފަރާތުންގެ މެދުގައި 16 ގޯއްޗަކަށް ގުރުނަގާފައެވެ.

މުޙައްމަދު ރަޝީދު ވިދާޅުވީ، ބާކީ އޮތް ދެ މަރުހަލާގެ މަސައްކަތް ކުރިއަށް އޮތް ދެހަފުތާގެ ކުރިން ނިންމާލުމުގެ އަޒުމުގައި މަސައްކަތް ކުރަމުން ދާކަމަށެވެ.

އިހަވަންދޫން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 200 ގޯއްޗެވެ.

[BOTTOM CONTENT BANNER]
ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ