[HEADER BANNER]
[AD]

ފެނަކަ ބިލްތަކަށް އެޕް މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ

11 ޖޫން 2020 0

ފެނަކަ ބިލް ތަކަށް އެޕް މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ބިލް-ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ބިލްތަކަށް ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.

ފެނަކަ ކޯޕަރޭޝަންއިން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ބިލްދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ފެނަކަ ބިލް ޕޭ-އެޕް ޑައުންލޯޑްކުރެއްވުމަށް އެދިލައްވާފައެވެ.

ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ޚިދުމަތްތައް ބޭނުންކުރެވޭ މިންވަރު އަމިއްލަފުޅަށް ބައްލަވާލެއްވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ